| މަޤާމުގެ ނަން | އެސިސްޓެންޓް ރިސަރޗް އޮފިސަރ | 
| ބޭނުންވާ އަދަދު | 1 | 
| ރޭންކް | ޖީ.އެސް. 4 | 
| ކްލެފިކޭޝަން | އޮފިސަރ ގްރޭޑް 2 /  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 | 
| މުސާރަ | 5020.00 | 
| ސަރވިސް އެލަވަންސް | 1500.00 | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| މަސައްކަތްކުރަންޖެހޭ ތަން ސެކްޝަން: | ބަހާބެހޭބައި | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | ދިވެހިބަހުގެ އެކެޑަމީ/ މާލެ، | 
| ޝަރުޠު | 
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ,މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ, ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'  ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.   | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
ބަހާއި އަދަބިއްޔާތު ކުރިއަރުވައި ތަރައްޤީކުރުމަށް ބާއްވާ މުބާރާތްތަކާއި އެކިއެކި ހަރަކާތްތައް ރާވާ ހިންގުން.ބަހާއި އަދަބިއްޔާތު ކުރިއަރުވައި ތަރައްޤީކުރުމަށް ބާއްވާ މުބާރާތްތަކާއި އެކިއެކި ހަރަކާތްތަކުގެ ނަތީޖާއާ ބެހޭ ފަންނީ ރިޕޯޓުތައް ހެދުމާއި އެކަންކަމާ ބެހޭ ދިރާސާތައް ހެދުން.ބަހާއި އަދަބިއްޔާތު ކުރިއަރުވައި ތަރައްޤީކުރުމަށް ބާއްވާ މުބާރާތްތަކާއި އެކިއެކި ހަރަކާތްތަކާ ގުޅުން ހުރި ބައްދަލުވުންތަކާއި މަސައްކަތު ބައްދަލުވުންތައް ރާވައި ހިންގުން. ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކުރާ މުނާސަބަތުތަކާއި ދުވަސްތައް ޤައުމީ ފެންވަރުގައި ފާހަގަކުރަން ކުރާނެ ކަންތައްތަކާ ބެހޭ ޕްރޮޕޯސަލް ތައްޔާރުކުރުމާ، އެ ކަންކަމުގެ ފަންނީ ލަފާ ދިނުން.ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ތަފާތު ކޯސްތަކާއި ސެމިނަރ، މަސައްކަތު ބައްދަލުވުންތައް ފަދަ ހަރަކާތްތައް ރާވައި ހިންގުން.ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިންގާ އެކިއެކި ހަރަކާތްތަކާ ބެހޭ މަޢުލޫމާތު މީޑިއާގައި ހާމަކުރުން.ބޭރުބަސްބަހުން ލިޔެފައި ހުންނަ ބަހާއި އަދަބިއްޔާތުގެ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުން.ދިވެހިބަހާއި އަދަބިއްޔާތާގުޅޭގޮތުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫޢުތަކުގެ ޕްރޮޕޯސަލް ތައްޔާރުކުރުން.މަޤާމުގެ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ކުރަންޖެހޭކަންތަކުގެ މަޢުލޫމާތު ޢާންމުންނާ ހިއްސާކުރުން.ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ބައިނަލްއަޤުވާމީ ދުނިޔެއަށް އެކެޑަމީ ތަޢާރަފްކުރުމާއި ބައިނަލްއަޤުވާމީ ގުޅުންތައް ގާއިމުކުރަން ކުރަން ޖެހޭ ފަންނީ އެންމެހައި މަސައްކަތްތައް ކުރުން.ރިސާރޗް ކުރަންއަންނަ ބޭރުގެ ފަރާތްތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާ ބަހުގެ ތަރައްޤީއަށް ހިންގާ ތަފާތު އެކި ޕްރޮގްރާމްތަކުގައި ބައިވެރިވުން.އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.  | 
| މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް: | 
ތަޢުލީމީ ގޮތުން އެންމެމަތީ މާކުސް ލިބިފައިވުމާއި ދާއިރާއިން ލިބިފައިވާ ތަޖުރިބާ.ދިވެހިބަހުންނާއި އިނގިރޭސި ބަހުން މުޢާމަލާތުކުރުމުގެ ޤާބިލުކަން ހުރުން.މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން. ކަންކަން ކުރަން އިސްނެގުމުގެ ހުނަރުހުރި މިންވަރު.ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ކުއްޖެއްކަމުގައިވުން. | 
| ސްކްރީން ކުރުމުގައި ބަލާނެ ކަންތައްތައް: | 
އިޢުލާނުގައިވާ ސުންގަޑިއަށް ފޯމު ހުށަހަޅައިފައިވުން.ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތައް ހަމައަށް ހުރުން.ސިވިލް ސަރވިސްގެ ވަޒީފާއަށް ޢައްޔަން ކުރުމުގެ ޝަރުޠުތައް ފުރިހަމަވެފައިވުން.އިޢުލާނުގައިވާ އަސާސީ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުމަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދީފައިވާ ލިޔެކިޔުންތައް.ތަޢުލީމީ ސެޓްފިކެޓްތަކުގެ ނަކަލު (އެކްރެޑިޓްކޮށް އަދި އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ދިވެހިބަހުގެ އެކެޑަމީއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމޭލް އެޑްރެހާއެކު) | 
| ފޯމު ހުށަހަޅަންވީ ސުންގަޑި: |  މާރިޗު މަހުގެ 2 ވާ ހޯމަ ދުވަހުގެ މެންދުރު ފަހުގެ 2:45 | 
| ފޯމު ހުށަހަޅަންވީ ތަން: | ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ | 
| އިތުރު މަޢުލޫމާތު: | 
ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އެކެޑަމީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:00 ން 15:00 އަށް ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނާއި ފޯމު މި އެކެޑަމީގެ ވެބްސައިޓް: www.dhivehiacademy.edu.mv ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސާރވިސްގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ 3345299 ނުވަތަ 3345297 ނަންބަރު ފޯނާއެވެ.މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވަން ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް ހަފުތާ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީގައެވެ. |