ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
|
އިޢުލާން ނަމްބަރ: 137-IU/PR/2023 /61 |
ޕްރޮޖެކްޓް ނަމްބަރ: 137-PR/2023/W-15 |
|
ޕްރޮޖެކްޓްގެ ނަން:ދަރުމަވަންތަ ބިލްޑިންގްއަށް ބަލިމީހުން ޓްރާސްފަރ ކުރުމަށް ބެޑް ލިފްޓެއް ބެހެއްޓުމަށް ލިފްޓް ޝާފްޓް ހެދުން
|
|
އައި.ޖީ.އެމް ހޮސްޕިޓަލުން ދަރުމަވަންތަ ބިލްޑިންގްއަށް ބަލިމީހުން ޓްރާސްފަރ ކުރުމަށް ބެޑް ލިފްޓެއް ބެހެއްޓުމަށް، ލިފްޓް ޝާފްޓެއް (ލިފްޓް ގޮޅިއެއް) ހެދުމަށް 24 އެޕްރީލް 2023 ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2023/32 އިއުލާނަށް ލިބިފައިވާ އަގު، އަންދާސީ ހިސާބަަށްވުރެ ބޮޑުވާތީ އެއިޢުލާނު ބާތިލްކޮށް އަލުން މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- މި ބީލަމުގައި ބައިވެރިވާ ފަރާތަކީ އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވާންވާނެއެވެ. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވާންވާނެއެވެ.
- މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރު އަދި ފޯނު ނަމްބަރު އެގޭނެހެން 27 އޮގަސްޓް 2023 2023 ން 05 ސެޕްޓެމްބަރ 2023 އަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.
- މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ. މިމަސައްކަތާއިބެހޭ އެންމެހާ ލިޔެކިޔުންތައް 27 އޮގަސްޓް 2023 ގެ 14:00 ން ފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders އިން ޑައުލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމ ަ 05 ސެޕްޓެމްބަރ 2023 ގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސްތަކަށް އީމެއިލް ކުރެއްވުން އެދެމެވެ.
- މިބިޑާއި ގުޅޭ ޕްރީ ބިޑް މީޓީންގ 04 ސެޕްޓެމްބަރ202311 :00 ގައި، މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައި އޮންނާނެއެވެ.
- މިޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެގޮތުގައި 40,000ރ (ސާޅީސް ހާސް) ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ.ބިޑު ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިފެން 90 ދުވަހެވެ.
- ބީލަން ހުޅުވުން އޮންނާނީ 07 ސެޕްޓެމްބަރ 2023 ދުވަހު 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކޮށްފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
- އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]
08 ސަފަރު 1445
24 އޯގަސްޓް 2023
