މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސްޓޭޖް، ލެޑް ސްކްރީން އަދި ސައުންޑް ސިސްޓަމް ހަދައިދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން 31 އޮގަސްޓް 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވެންޓްގެ ސްޓޭޖް، ލެޑް ސްކްރީން، އަދި ސައުންޑް ސިސްޓަމް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުން ފެށިގެން 28 އޮގަސްޓް  2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 28 އޮގަސްޓް 2023 ވާ ހޯމަ ދުވަހު ހެނދުނު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

06 ޞަފަރު  1445

22 އޮގަސްޓް 2023
ހޯދާ