ދިވެހިރާއްޖެ
އަންދާސީހިސާބު
މިނިސްޓްރީއަށް 03 ލެޕްޓޮޕް އަދި 02 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.
| 
 އަންދާސީހިސާބު ހުށަހެޅުއްވުމަށް  | 
 މަޢުލޫމާތު ސާފުކުރެއްވުމަށް  | 
| 
 03 މާރިޗު 2015 އަންގާރަ ދުވަހުގެ 12:00 އަށް  | 
 24 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް  | 
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
