| މަޤާމު | އެޑްމިނިސްޓްރޭޓިވް އޮފިސަރ | 
| ބޭނުންވާ އަދަދު | 01 (އެކެއް) | ސެކްޝަން: ދީނީ ހޭލުންތެރިކުރުމާއި ބެހޭ ސެކްޝަން | 
| ރޭންކް | ޖީ.އެސް 3 | ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 | 
| މުސާރަ | -/4,465 ރ. | ސާރވިސް އެލަވަންސް: -/1,500 ރ. | 
| މަގާމުގެ ޝަރުޠު | 
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު | 
ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މުދަލާއި އިންޕޯޓްކުރާ މުދަލުގައި ޙަލާލު ޖެހުމުގެ އެންމެހައި މަސައްކަތް ކުރުން.ޙަލާލު ސެޓުފިކެޓް ދޫކުރުމާ އަދި ބާޠިލު ކުރުމުގެ އެންމެހައި މަސައްކަތް ކުރުން.ދީނީ ޝިޢާރުތަކާ ބެހޭ ސެކްޝަނަށް ލިބޭ ސިޓީތަކަށް ޖަވާބު ދިނުން.ދޫ ކުރެވޭ ޙަލާލު ސެޓުފިކެޓްތަކުގެ ރަޖިސްޓްރީގެ އެންމެހައި މަސައްކަތް ކުރުން.ޖަލްސާތަކާ ސެމިނަރ/ ވާރކްޝޮޕް/ ފޯރަމްތައް ބޭއްވުމުގެ ކަންތައް ބެލެހެއްޓުމާއި އެޖަލްސާތަކުގެ ޔައުމިއްޔާތަކާއި ލިޔުންތައް ތައްޔާރުކުރުން.މި މިނިސްޓްރީން ޙަލާލު ސެޓުފިކެޓްދިނުމަށް ފާހަގަ ކުރަންޖެހޭ ތަފާތު މުނާސަބަތުތައް ފާހަގަކުރުމާއި އެފަދަ މުނާސަބަތުތައް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޖަލްސާތައް ބޭއްވުމުގެ މަސައްކަތްތައް ކުރުން.ދަޢުވަތު ކާޑުތަކާއި ސިޓީތައް ފޮނުވުން.ސެކްޝަނުން ޓައިޕް ކުރަންޖެހޭ ލިޔުންތައް ޓައިޕްކުރުމާއި ލިއެކިޔުންތައް ފައިލުކުރުން.ސެކްޝަނަށް އެންޓްރީކޮށްގެން ގެންނަ ސިޓީފަދަ ތަކެތި ބަލައިގަނެ އެމައްސަލައަކާގުޅޭ ފަރާތަކަށް ޙަވާލުކުރުން.ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕްރޮގްރާމުގެ މަސައްކަތް ކުރުން.ރަމަޟާންމަސް އިޙްޔާކުރުމުގެ ގޮތުން އަތޮޅުތަކުގައި ހިންގޭ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައްކުރުން. | 
| ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް | 
ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. | 
| މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން އަދި ގަޑި: މި މަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ. ރަސްމީ މަސައްކަތުގެ ވަގުތަކީ 08:00 ން 15:00 އަށެވެ. މީގެ އިތުރުން ހަވާލުކުރެވިފައިވާ މަސައްކަތާއި ގުޅިގެން ނުވަތަ އިތުރު ގަޑީގައި މަސައްކަތް ކުރުމަށް ނިކުންނަން އަންގައިފިނަމަ ނިކުތުން. (ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.) | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ. މިމަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އަދި ތަޖުރިބާ އިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަށެވެ. | 
| ސުންގަޑި 
26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒު)މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ.މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.     ވެބްސައިޓް އެޑްރެސް: www.islamicaffairs.gov.mv 
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020212 އަށް އަދި ފެކްސް ނަމްބަރަކީ 3315161އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. | 
| 25 ރަބީޢުލްއާޚިރު 1436 |