ދިވެހިރާއްޖެ
ނަމްބަރު:137-IU/PR/2023/59
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި ހޮސްޕިޓަލަށް 24 އެއަރކޮންޑިޝަން ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
|
Details |
Quantity |
|
Air Condition 12000 BTU |
19 |
|
Air Condition 18000 BTU |
1 |
|
Air Condition 24000 BTU |
03 |
|
Air Condition 24000 BTU (Ceiling Mount) |
01 |
އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް
- ކޯޓޭޝަން ހުށަހަޅަންވާނީ ޖީއެސްޓީ ހިމަނައިގެންނެވެ. (ސްޕެސިފިކޭޝަންއާއެކު)
- އަންދާސީ ހިސާބުގެ މުއްދަތު (ވެލިޑިޓީ ޕީރިއަޑް) މަދުވެގެން 90 ދުވަސް އޮންނަންވާނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި
- އަންދާސީ ހިސާބު / މަސައްކަތްކޮށްދޭނެ އަގު ، ޖީއެސްޓީ ހިމަނައިގެން
- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
- ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
- ވޭތުވެދިޔަ 3 އަހަރު ތެރޭގައި މަސައްކަތް ކުރުވި ފަރާތުން ދީފައިވާ، މަސައްކަތާ ގުޅޭ (އޭސީ ސަޕްލައި ކޮށްދިނުން) 1 ލިޔުން
އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު
- އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.
# |
ކެޓެގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
|
1 |
އަގު |
70 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް |
|
2 |
މުއްދަތު |
20 |
އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް |
|
3 |
ތަޖުރިބާ |
10 |
ތަޖުރިބާގެ 1 ލިޔުން |
އަންދާސީ ހިސާބު ހުށަހަޅާނެގޮތް
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އައި.ޖީ.އެމް ހޮސްޕިޓަލް
އައި.ޖީ.އެމް. ހޮސްޕިޓަަލަށް 19 އެއަރ ކޮންޑިޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާނުކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
- އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 23 އޯގަސްޓް 2023 ވަނަ ދުވަހުގެ 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި އަންދާސީ ހިސާބު ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
- ބިޑް ހުށަހަޅުއްވަން ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބިޑް ހުށަހުޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް
1- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން
2- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
3- ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.
ނޯޓު:
- ހޮސްޕިޓަލުގެ ވެބްސައިޓް އިން މި އިޢުލާން އާއިބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.
https://www.igmh.gov.mv/publications/tenders/
މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތ ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]
29 މުހައްރަމް 1445
16 އޮގަސްޓް 2023
