| މަޤާމު  | އެޑްމިނިސްޓްރޭޓިވް އޮފިސަރ | 
| މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:  | އޮފިސަރ ގްރޭޑް 1 (ޖީ.އެސް 3) | 
| ބޭނުންވާ އަދަދު: | 2   | 
| މުސާރަ: | 4,465 (ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ | 
| ސަރވިސް އެލަވަންސް: | 1,500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާ | 
| އެޓަރނީ ޖެނެރަލްސް އޮފީސް އެލަވަންސް |  އަސާސީ މުސާރައިގެ %35 | 
| މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | 
| ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: | އެޓަރނީ ޖެނެރަލްގެ އޮފީސް/ ސިވިލް ލިޓިގޭޝަން ސެކްޝަން، މާލެ | 
| މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:         | 
ސެކްޝަނަށް އަންނަ ތަކެތި ބަލައިގަނެ، އެންޓްރީ ބެލެހެއްޓުން.ކޯޓު ޝެޑިއުލް އަޕްޑޭޓްކޮށް ބެލެހެއްޓުން.ސެކްޝަންގެ ސިޓީތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.ސެކްޝަންގެ މައްސަލަތަކާއި ގުޅިގެން މީޓިންގތައް ހަމަޖައްސައި ރެކޯޑުތައް ބެލެހެއްޓުން.ސެކްޝަންގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން.ބްރީފިންގެ އިންތިޒާމުތައް ހަމަޖައްސައި ރެކޯޑުތައް ބެލެހެއްޓުން.އެޓަރނީން މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ދަތުރު ފަތުރުގެ އިންތިޒާމް ހަމަޖެއްސުން.ސެކްޝަން ހިންގަމުންގެންދާ ވެރިންގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.އޮފީސް ޑިއުޓީނެގުމާއި އޮފީސް ހުޅުވާ ލެއްޕުން.މީގެއިތުރުންވެސް އޮފީހުން ހަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން. | 
| މަޤާމުގެ ޝަރުޠުތައް:     | 
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން: | 
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު.ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން.ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން. | 
| އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން: | 2015 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. | 
| މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: | މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 25 ފެބުރުވަރީ 2015 (ބުދަ) ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ. 
ވަޒީފާއަށް އެދޭފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ؛ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ؛ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛ފުރިހަމަކުރައްވާފައިވާ ކުރުމުއްދަތުގެ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ؛މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ ލިޔުންތަކުގެ ކޮޕީ؛ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަން އެނގޭނެ އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން. ވަޒީއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މިމަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލާ އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |