ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ - ސެންޓަރ ފޮރ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލަންސް

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ - ސެންޓަރ ފޮރ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލަންސް
ބޭނުންވާ އަދަދު :1

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލަންސް

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

18

މުސާރަ:

މަހަކު  5,956.80 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  2552.92ރުފިޔާ

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް، އަހަރަކަށް 250،000 ރުފިޔާ އާހަމައަށް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އޮފީސް ހުޅުވާ ލެއްޕުން
  2. އާއްމުކޮށް ކޮންމެ ދުވަހަކު އޮފީހުން ފޮނުވަންޖެހޭ ސިޓީތަކާއި، ލިޔުންތަކާއި މެމޯ ލިޔެ ފޮނުވުން
  3. ސެންޓަރުގެ މެއިލް ޗެކުކޮށް ޖަވާބުދީ އަޕްޑޭޓުކޮށް ބެލެހެއްޓުން
  4. ސެންޓަރުން ބާއްވާ އެކި އެކި މީޓިންގތަކުގެ ތައްޔާރީތައް ކޮށް ޔައުމިއްޔާ ލިޔުން
  5. ސްޓާފް މީޓިންގެ އިންތިޒާމްތައް ހަމަޖައްސައި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
  •  މީޓިންގ އޮންނަ ދުވަސް ޤަަވާއިދުން އީ.މެއިލް މެދުވެރިކޮށް ސެންޓަރުގެ އެކަޑެމިކް ސްޓާފުންނަށް އެންގުން
  •  މީޓިންގެ ޔައުމިއްޔާ ލިޔެ ގަވާއިދުން ސޮއިކޮށް ފައިލްކުރުން

  6. އޮފީހަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން

  7. ސެންޓަރުން ހިންގާ ހުރިހާ ޓްރެއިނިންގތަކެއްގެ އިންތިޒާމް ބެލެހެއްޓުން

  •  ސެންޓަރުން ހިންގާ ހުރިހާ ޓްރެއިނިންތަކެއްގެ އިންތިޒާމް ޓްރެއިނިންގ ކޯޑިނޭޓަރގެ ލަފާގެ މަތިން ހަމަޖެއްސުން
  •  ޓްރެއިނިންގ ތަކަށް ރޫމް ބުކްކުރުން
  •  ޓްރެއިނިންގތަކަށް ބޭނުންވާ ޑޮކިއުމަންޓް ހަމަކުރުން/ފައިލްތައް ތައްޔާރުކުރުން
  •  އީ-މެއިލް މެދުވެރިކޮށް ކޮމިއުނިކޭޓް ކުރަންޖެހޭ ފަރާތްތަކާއި ކޮމިއުނިކޭޓްކުރުމާއި ޓްރެއިނިންގތަކާއި ގުޅިގެން އަންގަންޖެހޭ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން
  •  ޓްރެއިނިންގތައް ކުރިއަށްދާއިރު ބޭނުންވާ އިދާރީ އެހީ ފޯރުކޮށްދިނުން
  •  ކޮންމެ ޓްރެއިނިންގއެއް ނިމުމުން ޓްރެއިނިންގ ރިޕޯރޓް ތައްޔާރުކޮށް ސެންޓަރުގެ ވެރިޔާއާއި ޓްރެއިނިންގ ހެޑާ ހިއްސާކުރުން

  8. މޮނިޓަރިންގ އެންޑް އިވެލުއޭޝަން:

  •  ކޮންމެ ސެމެސްޓަރއަކު ސެންޓަރުން މޮނިޓަރކުރަން ޙަވާލުކުރެވިފައިވާ ބްލެންޑެޑް ލާރނިންގެ ސަބްޖެކްޓްތަކުގެ ލިސްޓުތައް ސެންޓަރުގެ ވެރިޔާ އަންގާ ގޮތެއްގެ މަތިން ފައިނަލްކުރުން
  •  ހަވާލުކުރެވިފައިވާ ފެކަލްޓީތަކުގެ ބްލެންޑެޑް ލާރނިންގެ މާއްދާތައް މޫޑުލް ރިޕޯޓް ސެންޓަރުގެ ވެރިޔާ އަންގާ ގޮތެއްގެ މަތިން ނެގުން
  •  ސަބްޖެކްޓްތަކުގެ ގްރޭޑް ރިޕޯރޓް މޫޑުލްއިން ނެގުމަށްފަހު ސެންޓަރުގެ ވެރިޔާ އަންގާ ގޮތެއްގެ މަތިން އިވެލުއޭޓްކުރުން

  9. ސަބްޖެކްޓް އިވެލުއޭޝަން ހެދުން:

  •   ކޮންމެ ސެމެސްޓަރެއް ނިމުމުން ފެކަލްޓީތަކުން ފޮނުވާ ބްލެންޑެޑް ލާރނިންގެ މާއްދާތަކުގެ ޓީޗަރުންގެ ކިޔަވައިދިނުމުގެ އިވެލުއޭޝަން ސެންޓަރުގެ ވެރިޔާ އަންގާ ގޮތެއްގެ މަތިން ހެދުން

  10. އޮފީހުގެ އިންވެންޓްރީ ބެލެހެއްޓުން

  •  އިންވެންޓްރީ ޕޯރޓަލް މެދުވެރިކޮށް އޮފީހުގެ މުދާތަށް ޕޯޓަލްއަށް އަޕްޑޭޓްކޮށް ބެލެހެއްޓުން
  •  އަހަރަކު 2 ފަހަރު އިވެންޓްރީ ޗެކްކުރުން
  •  ނީލަން ކިޔަންވާ ހަރު މުދާ ޤައުމީ ޔުނިވަރސިޓީއިން ޢަމަލުކުރާ އުސޫލުގެ މަތީން ނީލަން ކިޔުން

11. އޮފީހާއި އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންގެ ސްޓޭޝަން ތައްޔާރުކޮށް ބޭނުންވާ ތަކެތި ފޯރޮކޮށްދީ ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން                               

  12. އެކަޑެމިކް މުވައްޒަފުންނަށް ބޭނުންވާ އިދާރީ އެހީ ފޯރުކޮށްދިނުން

  13. ކުއްލިއަކަށް ދިމާވާ ކަންކަން ހައްލުކުރުމަށް ސެންޓަރުގެ ވެރިޔާގެ މަޝްވަރާއާއެކު މަސައްކަތް ކުރުން

  14. އޮފީހުގެ މުވައްޒަފަކު ސަލާން އަދި ޗުއްޓީގައި ހުންނަ ދުވަސްތަކުގައި ހަވާލުވެފައިވާ މަސައްކަތްތައް ކުރުން

  15. މަތީގައިވާ ކަންކަމުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ހަވާލުކުރެވޭ ކަންކަން ކުރުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2023 އޮގަސްޓް 22 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUhr-2023-147

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

ނޯޓް:

 

  • ިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
15 އޮގަސްޓް 2023
ހޯދާ