ދިވެހިރާއްޖެ
މިލަންދޫ ކައުންސިލް ވޭން މަރާމާތުކުރުން.
މިއިދާރާގެ ނަންބަރު: I/ESMS-PR/2015/06-ފ284 (26 ޖަނަވަރީ 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން މިއިދާރާގެ ވޭނާއި، މޮޓޯސައިކަލް (ހޮންޑާ ވޭވް 110) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 
  | 
 ތާރީޚު  | 
 ދުވަސް  | 
 ވަގުތު  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 23 ފެބުރުވަރީ 2015  | 
 ހޯމަ  | 
 މެންދުރު ކުރި 11:30  | 
| 
 ބިޑް ހުށަހެޅުން  | 
 26 ފެބުރުވަރީ 2015  | 
 ބުރާސްފަތި  | 
 މެންދުރު ކުރި 11:30  | 
މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
27 ރަބީޢުލްއާޚިރު 1436
