މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ޕާޓިޝަން ޖަހައިދޭނެ ފަރާތެއް ހޯދުމަށް

 އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުން ދައްކާ ކުރެހުމަކާ އެއްގޮތަށް މި ސްކޫލުގެ ލީޑިންގ ޓީޗަރސް ރޫމުގައި އަމިއްލަ ތަކެތީގައި ޕާޓިޝަން ޖަހައިދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)MUH-01/1/2015/2) އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މި އިޢުލާން ބާޠިލުކޮށް، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 10:45 ގައި

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.

17 ފެބުރުވަރީ 2015
ހޯދާ