މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބިންވެރިޔާ ސްކީމުން މާލެ ސަރަޙައްދުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާނުކުރުން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް މި އިޢުލާނާއެކު އާއްމުކުރަމެވެ. ދާއިމީ ލިސްޓްގައި "ފުރަތަމަބުރުގައި ގޯތި ލިބޭ"  ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކަނީ ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރުފަޅުން މިވަގުތު ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ބިމުން ގޯތި ލިބޭ ފަރާތްތަކެވެ. އަދި ދާއިމީ ލިސްޓްގައި "ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ" ސްޓޭޓަސްގައިވާ ފަރާތްތަކަކީ ގޯތި ދޫކުރުމަށް އިތުރަށް ލިބޭ ބިމުން ގޯތި ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކެވެ.

ވީމާ، ދާއިމީ ލިސްޓްގެ  "ފުރަތަމަ ބުރުގައި ގޯތި ލިބޭ"  ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކުން މި މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް ގޯތީގެ ގުރުއަތުލުމާއި، ގޯތި ކެނޑުމުގެ ކަންކަން ކުރިއަށްގެންދެވުމަށް ދަންނަވަމެވެ. މިގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ތަނާއި ވަގުތު އޮންލައިން ޕޯޓަލް މެދުވެރިކޮށާއި އެސް.އެމް.އެސް އަދި އީ-މެއިލް ގެ ޒަރީޢާއިން އަންގަމުންގެންދާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން އާއްމުކޮށްއަންގާ އިޢުލާނުކުރީމެވެ.

14 އޮގަސްޓް 2023
ހޯދާ