| މަޤާމު | ޑިރެކްޓަރ (ވަގުތީ) | 
| ބޭނުންވާ އަދަދު | 01 (އެކެއް) | ހަމަޖައްސާ ސެކްޝަން: ދީނީ ހޭލުންތެރި ކުރުމާބެހޭ ސެކްޝަން | 
| ރޭންކް | އީ.އެކްސް 1 | ކްލެސިފިކޭޝަން: ޑިރެކްޓަރ، ގްރޭޑް 1 | 
| މުސާރަ | -/8,835 ރ. | ސާރވިސް އެލަވަންސް: -/2,000 ރ. | 
| މުއްދަތު | 07 މަސްދުވަސް |   | 
| މަގާމުގެ ޝަރުޠު | 
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 08 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 06 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 04 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 07 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. | 
| މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު | 
ދީނީ ހޭލުންތެރި ކުރުމާބެހޭ ސެކްޝަނުން ކުރުމަށް ހަމަޖެހިފައިވާ އެންމެހައި މަސައްކަތްތައް ކުރުވުމާއި ސުޕަވައިޒްކޮށް ބެލެހެއްޓުން.ދީނީ ހޭލުންތެރި ކުރުމާބެހޭ ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކަށް ކަނޑައެޅޭ މުއްދަތަށް ޖަވާބު ދެމުންގެންދޭތޯ ބަލައި ޗެކްކޮށް އެކަމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުން.ދީނީ ހޭލުންތެރި ކުރުމާބެހޭ ސެކްޝަނުން ބާއްވާ ޖަލްސާތަކާއި ކޮމިޓީތަކަށް މީހުން ހަމަޖެއްސުމާއި އަދި އެކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.ސެކްޝަނުންކުރާ ރަސްމީ ދަތުރުތަކާއި އަދި ރާއްޖޭއިން ބޭރުން އަންނަ މިޝަންތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.ސެކްޝަނަށް ހޯދަންޖެހޭ އެންމެހައި ތަކެތި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދުމުގެ މަސައްކަތް ކުރުވުން.ދީނީ ހޭލުންތެރި ކުރުމާބެހޭ ސެކްޝަނުން ބާއްވާ ޖަލްސާ، ވަރކްޝޮޕް އަދި އެކިއެކި ޕްރޮގްރާމްތައް ރާވާ ހިންގުމުގެ މަސައްކަތް ކުރުވުމާއި ކުރުން. | 
|   ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް | 
ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. | 
| މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން އަދި ގަޑި: މި މަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/ އިސްލާމީ މަރުކަޒުގައެވެ. ރަސްމީ މަސައްކަތް ވަގުތަކީ 08:00 ން 15:00 އަށެވެ. މީގެ އިތުރުން ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅިގެން ނުވަތަ އިތުރުގަޑީގައި މަސައްކަތް ކުރުމަށް ނިކުންނަން އަންގައިފިނަމަ ނިކުތުން. (ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.) | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް:  
ތަޢުލީމާއި ތަމްރީން.މަސައްކަތުގެ ތަޖުރިބާ.މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.އަތޮޅުތަކަށް ދަތުރުކޮށް އަތޮޅުތަކުގައި، ޕްރޮޖެޓްތަކާއި ޕްރޮގްރާމްތައް ހިންގުމުގެ ތަޖުރިބާ ލިފައިވުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމުގެ ޤާބިލުކަން ލިބިފައިވުން. | 
| ސުންގަޑި                     
23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ( އިސްލާމީ މަރުކަޒު )މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/ އިސްލާމީ މަރުކަޒުގައެވެ.މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ. ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv 
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020212 އަށް އަދި ފެކްސް ނަމްބަރަކީ 3315161އީމެއިލް ކުރައްވާނީ [email protected]  އަށެވެ. | 
| 18 ރަބީޢުލްއާޚިރު 1436 |