ދިވެހިރާއްޖެ
މި އިޢުލާންވަނީ 06 އޮގަސްޓް 2023 11:30 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ނޫނު އަތޮޅު ކައުންސިލުން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް ލެޕްޓޮޕް އަދި ޓެބްލެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.
ނޫނު އަތޮޅު ކައުންސިލުން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް ލެޕްޓޮޕް އަދި ޓެބްލެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބީލަން ރަޖިސްޓްރީކުރުން
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށަހެޅުމުގެ ކަންތައްތައް ކުރިއަށް ގެންދެވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން )ބިޑްރަޖިސްޓްރީކުރާ ފޯރމް) މިލިންކަށް ވަދެ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އީމެއިލް ([email protected] ) މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
| ތަފްސީލް | ތާރީޚް | ވަގުތު | 
| ބީލަމުގައި ރަޖިސްޓްރީ ކުރުން | 06 އޮގަސްޓް 2023 ން 12 އޮގަސްޓް 2023 | 13:00 | 
| މައުލޫމާތު ސާފުކުރެވޭނެ އެންމެ ފަހުގެ ތާރީޚު (އީމެއިލްގެ ޒަރީއާއިން) | 13 އޮގަސްޓް 2023 | 13:00 | 
| އަންދާސީ ހިސާބު ހުށަހެޅުން | 17 އޮގަސްޓް 2023 | 13:00 | 
ބީލަމާގުޅޭ ތާވަލު:
އަންދާސީ ހިސާބު ހުށަހެޅުން
މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައި ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށްނ. އަތޮޅު ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6560012، 6560028 އެވެ.
 
                    