ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
|
މަޤާމު: |
ޗީފް އިންޖިނިއަރ |
|
ބޭނުންވާ ޢަދަދު |
1 |
|
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް ( 1 އަހަރު ދުވަސް) |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މަސްކިރާ ބޯޓްފަހަރުގައި / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް |
|
އުޖޫރަޔާ އިނާޔަތްތައް: |
މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ތަޢްލީމާއި ތަޖްރިބާއަށް ބަލައި ކުންފުނީގެ ޤަވާއިދާ ޚިލާފުނުވާނޭ އުޞޫލުން ދެފަރާތް އެއްބަސްވާ ގޮތަކަށެވެ. |
|
ޝަރުޠު: |
|
|
މަޤާމުގެ މަސްޢޫލިއްޔަތު: |
މަސްގަތުމުގައި ހަރަކާތްތެރިވާ ބޯޓުފަހަރުގެ އިންޖިނިއަރިންގ އެންމެހައި މަސައްކަތްތަކާއި ޒިއްމާއާއި މަސްޢޫލިއްޔަތު ބޯޓުގެ ޗީފް އިންޖިނިއަރެއްގެ ހައިސިއްޔަތުން އަދާކުރުން. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް: |
ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން. ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން. |
|
އިންޓަރވިއުކުރުން: |
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން). ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ ނުވަތަ ޖޮބް އެޕްލިކޭޝަން ފޯމް ހުށަހެޅުން ބ- ޕޮލިސްރިޕޯޓް. |
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
އީމެއިލް ކުރައްވާނީ [email protected] އަށެވެ.
މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. |
ނޯޓް: - މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.
30 ޖުލައި 2023
