ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
ރޭންކް: އެސް.އެސް 1
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
މުސާރަ: މަހަކު -/3100 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިނިސްޓްރޭޝަން ސަރވިސަސް ސެކްޝަން، އޮޕްރޭޝަންސް އެންޑް ލޮޖިސްޓިކްސް މެނޭޖްމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. މިނިސްޓްރީގެ ބޭފުޅުން (މިނިސްޓަރާއި، މިނިސްޓަރުގެ ނާއިބުންނާއި، ޑެޕިޔުޓީ މިނިސްޓަރުން) ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ގެންދަވަންޖެހޭ ލަޖޭގްތައް އެއަރޕޯޓަށް ގެންދިއުމާއި ގެނައުން.
2. މިނިސްޓްރީން އެއްތަނުން އަނެއްތަނަށް ބަދަލުކުރަންޖެހޭ މޭޒާއި ގޮނޑި ބަދަލުކުރުން.
3. މިނިސްޓްރީގެ، ކާޕެޓްއަޅާފައިވާ ހުރިހާ ތަނެއްގައި ހޫވަރ އަޅައި ސާފުކުރުން.
4. މިނިސްޓްރީން އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ މެޝިނަރީ ފަދަ ތަކެތި ގެންދިއުން.
5. މިނިސްޓްރީގެ ފާޚާނަތަކުގެ އިސްކުރު، ފެންކަރު، މުސްލިމު ޝަވަރު ފަދަ އެއްޗަކަށް މައްސަލައެއް ދިމާވެއްޖެނަމަ، އެ އެއްޗެއް ބަދަލުކުރުމުގެ މަސައްކަތް ކުރުން.
6. މިނިސްޓްރީއަށް އަލަށް ގެނެވޭ މުވައްޒަފުންނަށް ޖާގަ ހަމަޖެއްސުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި (މޭޒާއި ގޮނޑި ހަމަޖައްސައި، ކޮމްޕިޔުޓަރ ސިސްޓަމަށް ކަރަންޓާއި ނެޓްވާކް ގުޅުން) އެހީތެރިވުން.
7. މިނިސްޓްރީގެ އެތެރެއަށް ގެނެވޭ ބަދަލުތަކުގައި ޕާޓްޝަންތައް ރޫޅައި އަލުން ޕާޓިޝަންޖަހައި، ވާރކް ސްޓޭޝަންތައް ހެދުމުގެ މަސައްކަތް ކުރުން.
8. މުވައްޒަފުން ބޭނުންކުރާ މޭޒާއި ކަބަޑުތަކުގެ ތަޅު ބަދަލުކުރުމާއި، ބައެއް ދޮރުތަކުގެ ތަޅު ބަދަލުކުރަން ޖެހިއްޖެ ޙާލަތެއްގައި ތަޅު ބަދަލުކުރުން.
9. ސްޓޮކަށް ބޭނުންވެގެން ގެނެވޭ ތަކެތި ސްޓޮކަށް ވައްދައި، އެ ތަކެތި ހަރުގަނޑުތަކުގައި ބެހެއްޓުމާއި، ސެކްޝަންތަކަށް ސްޓޮކުން ދޫކުރެވޭ އުފުލައިގެން ގެންދެވޭ ތަކެތި ގެންގޮސްދިނުން.
10. މިނިސްޓްރީއާއި މިނިސްޓްރީން ބޭރުގައި ހިންގާ މިނިސްޓްރީގެ ބައެއް އެހެން ސެކްޝަންތަކުގެ ހޮޅިބުރިތައް ބަދަލުކުރަން ޖެހިއްޖެ ޙަލަތެއްގައި ހޮޅިބުރިތައް ބަދަލުކުރުން.
11. މިނިސްޓްރީގެ، ބޭނުންނުކުރެވޭ ތަކެތި ނީލަމަށް ފޮނުވުމަށް އަސަރީ ހިޔާއަށް ގެންދިޔުން.
12. މިނިސްޓްރީގެ އެކިއެކި ސެކްޝަންތަކަށް ބޯފެން ގެންގޮސްދިނުން.
13. މިނިސްޓްރީގެ ހަވާލުގައިވާ ގުދަންތައް (އަސަރީ ހިޔާ، ފިލާ ބިލްޑިންގ 2 ގެ 7 ވަނަ ފަންގިފިލާ) ސާފުކޮށް ބެލެހެއްޓުން.
14. މިނިސްޓްރީގެ ފަރާތުން ބޭންކްތަކަށާއި އެނޫން ތަންތަނަށް ގެންދަންޖެހޭ ޗެކްތައް ގެންގޮސް ހަވާލުކުރުން.
ޝަރުޠު:
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.
ބ- މާލޭގެ ސްކޫލުތަކުގެ ދާއިމީ ޓީޗަރުންގެގޮތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިހާރު ހުޅުމާލޭގައި ދިރިއުޅޭ މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.
އިންޓަވިއުކުރުން.
ހ. މި މަޤާމަށް މީހަކު ހޮވުމަށްޓަައި އިންޓަވިއުކުރުން އޮންނާނީ، 23 ފެބުރުވަރީ 2015 އާއި 1 މާރިޗު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރިގެ ވެބްސައިޓް www.moe.gov.mv ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ފެބުރުވަރީ 22 ވަނަ ދުވަހުގެ 14:30 ގެ ކުރިން.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުން އެދެމެވެ.
22 ރަބީޢުލްއާޚިރު 1436
