ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ގއ.ގެމަނަފުށީ ސިއްޙީމަރުކަޒު މަރާމާތުކުރުމާބެހޭ

ގއ.ގެމަނަފުށީ ޞިއްޙީމަރުކަޒުގެ މަރާމާތުކުރުމާބެހޭ

ގއ.ގެމަނަފުށީ ޞިއްޙީމަރުކަޒުގެ ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: GAAH/ADM/2014/25 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ލިޔެކިޔުން ފުރިހަމަ ނުވުމުގެ ސަބަބުން އިޢުލާން ބާޠިލުކޮށް، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް ގއ. އަތޮޅު ހޮސްޕިޓަލަށް، ގއ. ގެމަނަފުށީ ޞިއްޙީމަރުކަޒަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ މެންދުރުކުރީގެ 10:00އަށް، ގއ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ ގއ. ގެމަނަފުށި ޞިއްޙީމަރުކަޒަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

12 ފެބުރުވަރީ 2015
ހޯދާ