މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ މަސައްކަތްތައް ތަރައްޤީ ކުރުމަށް އިމްޕޯޓްކުރެވޭ ތަކެތިން ޑިއުޓީ މަޢާފުކުރުމާބެހޭ

އިޢުލާން

ސުރުޚީ: ފަތުރުވެރިކަމުގެ މަސައްކަތްތައް ތަރައްޤީ ކުރުމަށް އިމްޕޯޓްކުރެވޭ ތަކެތިން ޑިއުޓީ މަޢާފުކުރުމާބެހޭ

ފަތުރުވެރިކަމުގެ މަސައްކަތްތައް ތަރައްޤީކުރުމަށް އިމްޕޯޓްކުރެވޭ ތަކެތިން ޑިއުޓީ މަޢާފުކުރެވޭ އުސޫލުތައް ތިރީގައި މިވަނީ އެވެ.                

1. އިމްޕޯޓް ޑިއުޓީ މަޢާފުކޮށްދިނުމަށް ޝަރުޠު ހަމަވާ ފަރާތްތައް:-

މި އުސޫލުގެ ދަށުން އިމްޕޯޓް ޑިއުޓީ މަޢާފުކޮށްދެވޭނީ ތިރީގައި ބަޔާންވެފައިވާ ފަރާތްކަށެވެ.

1- ލީސް އެގްރީމެންޓް ނުވަތަ ލީސް އެގްރީމެންޓްގެ ދަށުން ހަދާފައިވާ އެމެންޑްމަންޓްތަކުގެ ދަށުން ދީފައިވާ މުއްދަތުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ހޯދަންޖެހޭ ހުއްދަތައް ހޯދާފައި ޕްރޮޖެކްޓްތައް

2- ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިނގާ ކެޕިޓަލް އެކްސްޕެންޑިޗަރާއި މަރާމާތުގެ މަސައްކަތަށް (ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޤާއިމުކުރެވިފައިވާ އިންވެސްޓްމަންޓްތަކުގެ ތެރެއިން އޮރިޖިނަލް އިންވެސްޓްމަންޓްގެ އަގުގެ %25 އަށްވުރެ ބޮޑު ޚަރަދެއް ހިނގާނަމަ)

3- ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތެއް ފެށްޓުމަށާއި މަސައްކަތެއް ކުރުމަށާއި މަސައްކަތެއް ހިންގުމަށް އެ މަސައްކަތެއްގެ ޖުމުލަ އިންވެސްޓްމަންޓްގެ އަގު 2 (ދޭއް) މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑުވާ މަސައްކަތްތަކަށް

 

2. އިމްޕޯޓް ޑިއުޓީ މަޢާފުކުރުމަށް އެދި ހުށަހެޅުން:-

އިމްޕޯޓްޑިއުޓީ މަޢާފު ކުރުމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންވާނެއެވެ.

(ހ) ޑިއުޓީ މަޢާފްކުރުމަށް އެދޭ ފޯމު (ޖަދުވަލު 1 ރައީސް އޮފީހުގެ ފޯމު)

http://tourism.gov.mv/downloads/DS2015/reference_form_1.docx

(ށ) އެޕްލިކޭޝަން ފޮރ ޑިއުޓީ އެގްޒެމްޕްޝަން (ޖަދުވަލު 2 ޓުއަރިޒަމް މިނިސްޓްރީގެ ފޯމު)

http://tourism.gov.mv/downloads/DS2015/reference_for_ 2.docx

(ނ) ޕްރޮޖެކްޓް ނިންމުމަށް ބޭނުންވާ ތަކެތި އެނގޭނޭގޮތަށް ތައްޔާރުކޮށްފައިވާ ބިލް އޮފް ކޮންޓިޓީސް (ބީ އޯ ކިޔު) ، (ޖަދުވަލު 3 ގައިވާ ފޯމެޓަށް)
http://tourism.gov.mv/downloads/DS2015/reference_form_3.xls

 

3. ބީއޯކިޔު ތައްޔާރުކޮށް ހުށަހަޅާން ވާނީ ތިރީގައި ބަޔާންކުރެވިފައިވާ މިންގަނޑުތަކަށް:-

(ހ) ބީއޯކިޔޯ ތައްޔާރުކުރެވިފައި އޮންނަންވާނީ މިނިސްޓްރީ އޮފް ޓޫރިޒަމުން ފާސްކުރެވިފައިވާ ތަފުސީލު ކުރެހުމަށް ރިޢާޔަތްކޮށެވެ.

(ށ) ބީއޯކިޔޯގައި ޕްރޮޖެކްޓް ފަށައިގެން އެއްކޮށްނިންމުމަށް ނުވަތަ ނުނިމިވާބައި ނިންމުމަށް ބޭނުންވާނޭ އެންމެހައި މުދަލާއި ތަކެތި އަދި ޕްރޮޖެކްޓް އޮޕަރޭޓްކުރުމަށް ބޭނުންވާ ސާމާނާއި ތަކެތީގެ އަދަދުތައް އެނގެން އޮންނަންވާނެއެވެ. އަދި ހަމައެފަދައިން މުޅި މަޝްރޫޢުގެ އަގު ބަޔާންކުރެވި އެނގެން އޮންނަންވާނެއެވެ. 

 

4. އާންމު ޝަރުޠުތައް :-

(ހ) ޑިއުޓީ މަޢާފުކުރުމަށްއެދޭ ފަރާތަކީ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކަށްވުމާއެކު، އެފަރާތަކުން ޢަމަލުކުރުމަށް ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ޢަމަލުކުރަމުންދާ ފަރާތެއްކަމަށް ވާންވާނެއެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ފީއާއި ޓެކްސް ގަވާއިދުން ދައްކަމުންދާ ފަރާތެއްކަމުގައިވެސް ވާންވާނެއެވެ.

(ށ) ޑިއުޓީ މަޢާފުކުރުމަށް އެދޭ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ލިޔެކިޔުން މި އުސޫލާއެކުވާ ތާވަލުގައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅުއްވަންވާނެއެވެ.

(ނ) މި އުސޫލަށް ޢަމަލުކުރަން ފަށާއިރު އެތެރެކުރެވޭ މުދަލުގެ ތެރެއިން އިމްޕޯޓް ޑިއުޓީ ދެއްކުމަށްފަހު އެތެރެކުރެވިފައިވާ މުދަލުގެ ޑިއުޓިގެ ރީފަންޑްކުރުމަށް ހަމަޖެހިފައެއް ނުވެއެވެ.

               

އަލަށް ހަދާ ރިސޯޓުތަކާއި ހޮޓާތަކާއި މިހާރު ހަދަމުންދާ ރިސޯޓުތަކާއި ހޮޓާތަކުގެ ތެރެއިން ނުހެދި ހުރި އަދި ރީޑިވެލޮޕްކުރާ ރިސޯޓުތަކާއި ހޮޓާތަކުގެ މަސައްކަތަށް ގެންނަ މުދަލަށް އިމްޕޯޓް ޑިއުޓީ މަޢާފުކުރުމަށް އެދިހުށަހަޅާ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތަށް ގެންނަ ތަކެތީގެ އިމްޕޯޓް ޑިއުޓީ މަޢާފުކުރުމަށްޓަކައި ބިއޯކިޔޯ ހުށަހަޅާންޖެހޭނެ ގޮތުގެ ތަފުސީލާއި ޑިއުޓީ މަޢާފުކުރުމަށް ހޭދަވާނެކަމަށް ލަފާކުރެވޭ ވަގުތުގެ މަޢުލޫމާތު (ޖަދުވަލު 4 ގައި) މިވަނީއެވެ.
http://tourism.gov.mv/downloads/DS2015/reference_form_4.pdf

 

މި އުސޫލަށް ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ 1 ފެބުރުވަރީ 2015 އިން ފެށިގެން ކަމަށްވާތީ އެ ތާރީޚުން ފެށިގެން މި މިނިސްޓްރީގެ ނަންބަރު 72/2014/88/-DS88 (IUL) އިޢުލާން ބާޠިލުވާނޭ ވާހަކަ ދެންނެވީމެވެ.

01 ފެބުރުވަރީ 2015
ހޯދާ