ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަޤާމަށް މީހަކު ހޯދުމަށްޓަކައި 29 ޖަނަވަރީ 2015 ގައި ކުރި ނަންބަރު GS66/IUL/2015/04 ގެ އިޢުލާނުގެ ޝަރުޠުތަކުގައި މައްސަލަ ހުރުމާއެކު، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާނުކުރީމެވެ.
| 
 ސްޕޯޓްސް ސްޕަވައިޒަރ  | 
 މަޤާމް:  | 
|||||
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު:  | 
|||||
| 
 މަހަކު -/5020 ރުފިޔާ  | 
 މުސާރަ:  | 
|||||
| 
 -/1500 ރުފިޔާ  | 
 ސަރވިސް އެލަވަންސް:  | 
|||||
| ތޮއްޑޫ ސްކޫލް / އެކަޑަމިކް ސެކްޝަން | އޮފީހާއި ސެކްޝަން: | |||||
| އއ. ތޮއްޑޫ | ވަޒީފާ އަދާކުރަންޖެހޭ ރަށް: | |||||
| އޮފިސަރ ގްރޭޑް – 2 | ކްލެސިފިކޭޝަން: | |||||
| 
 ޖީ.އެސް 4  | 
ރޭންކް: | |||||
| 
 1. މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މި މާއްދާއިން ދަށްވެގެން ' ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ' ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
 
 
 މަޤާމުގެ ޝަރުޠު: 
  | 
|||||
| 
 1. ސްކޫލުގެ ދަރިވަރުންނަށް ހިންގޭ އެކްސްޓްރާ ކޯކަރިކިއުލަރ ހަރަކާތްތަކުގެ ތެރެއިން، ކުޅިވަރު ހަރަކާތްތައް، ސްކޫލުގެ އިސްވެރިންގެ އިރުޝާދުގެ ދަށުން ރާވައި ހިންގުން. 2. ދަރިވަރުންނަށް ނެގޭ ޕީ.އީ ގަޑިތައް ކުރިއަށްގެންދިއުމުގައި ޕީ.އީ ޓީޗަރަށް އެހީތެރިވުމާއި، ޕީ.އީ ޓީޗަރ ނެތް ޙާލަތްތަކުގައި ޕީއީ ގަޑިތައް ނެގުން. 3. ސްކޫލުގައި ބޭއްވޭ އިންޓަރހައުސް ކުޅިވަރު މުބާރާތްތައް، ސްޕޯޓްސް ކްލަބާ ގުޅިގެން އިންތިޒާމްކުރުމާއި، އެހެނިހެން ކުޅިވަރު މުބާރާތް އިންތިޒާމްކޮށް ރާވައި ހިންގުން. 4 . ސްޕޯޓްސްއަށް ބޭނުންކުރާ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ކުޅިވަރުކުޅުމަށް ބޭނުންވާ ސާމާނު، ބަޖެޓް ސެކްޝަނަށް ހުށަހަޅައިގެން ހޯދުން. 5. ސްކޫލުގައި ބޭއްވޭ ކުޅިވަރު މުބާރާތްތަކުގެ ރިކޯޑުތައް ބެލެހެއްޓުން. 6. މުވައްޒަފުންގެ މެދުގައި ބާއްވާ އެކިއެކި ކުޅިވަރު ހަރަކާތްތައް ރާވައި ހިންގުން. 7. އިންޓަރ ހައުސް ކުޅިވަރު މުބާރާތްތަކާއި، އަތޮޅު މުބާރާތްތަކާއި، ޤައުމީ މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުމުގެ އިންތިޒާމް ރާވައި ހިންގުން. 8. ކޮންމެ ޓާމެއް ނިމުމާއެކު، އެ ޓާމުގައި ހިންގުނު ކުޅިވަރުގެ ހަރަކާތްތަކާއި ޕީ.އީ ހަރަކާތްތަކުގެ ރިޕޯޓް ތައްޔާރުކޮށްފައި ޕްރިންސިޕަލަށް ހުށަހެޅުން.  | 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
|||||
| 
 1 . ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް- 1 އޭޕްރީލް 2013 ގައިވާ ކަންކަމަށް ބެލެވޭނެއެވެ. 2 . ތަޢުލީމާއި، ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމުގެ ސިފަތައް. 3 . ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން. 4 . ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.  | 
 މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:  | 
|||||
| 
 * އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. * ސަރުކާރުގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ.  | 
 އުޖޫރައާއި ޢިނާޔަތްތައް:  | 
|||||
| 
 1. ވަޒީފާއަށް އެދޭ ފޯމް 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓްކޮށް، ތައްގަނޑު ޖަހާފައިވާ އަޞްލު) 4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) 5. ވަޒީފާގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ލިޔުންތައް. 6. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 7. ސިވިލް ސަރވިސްގައި ވަޒީފާއަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމް ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު، މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)  | 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
|||||
| 
 މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް، މި ފޯމު ލިބެން ހުންނާނެއެވެ.) ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ފެބުރުވަރީ 15 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުން އެދެމެވެ.  | 
 ސުންގަޑި:  | 
|||||
| 
 މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު، 2015 ފެބުރުވަރީ މަހުގެ ތެރޭގައި މި ސްކޫލުގައި އޮންނާނެއެވެ.  | 
 އިންޓަވިއު:  | 
|||||
| 
 މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވަނީ 6660819 ފޯނު ނަންބަރާއެވެ.  | 
 އިތުރު މަޢުލޫމާތު:  | 
|||||
| 15 ރަބީޢުލްއާޚިރު 1436 | ||||||
