ޢިއްޒުއްދީން ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލްގެ ޓެރަސްގައި މަލްޓިޕާޕޯސް މެޓް އަޅައިދޭނެ ފަރާތެއް ހޯދުމަށް

ނަމްބަރު: IZS/IUL/2023/27

                                                             ތާރީޚު: 09 ޖުލައި 2023

އިޢުލާން

މި ސްކޫލްގެ ޓެރަސްގައި މަލްޓިޕާޕޯސް މެޓް އަޅައިދޭނެ ފަރާތެއް ހޯދުމަށް

 

މި ސްކޫލްގެ ޓެރަސްގައި މަލްޓި ޕާޕޯސް މެޓް އަޅައިދެއްވާނެ ފަރާތެއް ހޯދުމަށް މި ސްކޫލުން ކޮށްފައިވާ، މި ސްކޫލްގެ ނަންބަރު: IZS/IUL/2023/26 ގެ އިއުލާނާއި ގުޅިގެން އެކަށީގެންވާ އަގެއް ހުށަހަޅާފައިނުވާތީ، އެ އިއުލާން ބާޠިލްކޮށް މި މަސައްކަތް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފައިވާ ވާހަކަ ދަންނަވަމެވެ.  

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 09 ޖުލައި 2023 އިން 16 ޖުލައި 2023 އިން ވާ އާދިއްތަ ދުވަހުގެ 11:30 ގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށްފަހު،  މި އިއުލާންގައި އެޓޭޗް ކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުއްވައި ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށެހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް މި އިޢުލާނާއިއެކު އެޓޭޗްކޮށްފައި ވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 17 ޖުލައި 2023 ވާ ހޯމަ ދުވަހުގެ  11:30 އަށް މި ސްކޫލަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341700 އަށެވެ.

އީ-މެއިލް ކުރާނީ [email protected] އަށެވެ.

09 ޖުލައި 2023

 

09 ޖުލައި 2023
ހޯދާ