ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓާރޝަރީ ސްޓޫޑަންޓް ލޯން ސްކީމް އަދި ނޭޝަނަލް ސްޓޫޑެންޓް ލޯން ސްކީމް

ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމް ފުލްފަންޑިންގ- ޑިސެންބަރު 2014 އަދި ނޭޝަނަލް ސްޓޫޑެންޓް ލޯންސްކީމް- ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިހާރު މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް (އޮންގޮއިން ސްކީމް)، މި ސްކީމްތަކުގެ ދަށުން އެހީއަށް ހުށަހަޅާފައިވާ ދަރިވަރުންގެ މަޢުލޫމާތު އެންޓަރކޮށް ޗެކްކުރުމަށްފަހު މިޑިޕާޓްމެންޓްގެ ވެބްސައިޓް www.dhe.gov.mv ގައި 09 ފެބުރުވަރީ 2015 އިން ފެށިގެން އަޕްލޯޑް ކުރެވިފައިވާނެއެވެ. އަޕްލޯޑް ކުރެވިފައިވާ ލިސްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިޑިޕާޓްމަންޓްގެ ވެބްސައިޓުގައިވާ ޑިސެންބަރު 2014 ލޯންސްކީމްތަކާބެހޭ މަޢުލޫމާތު ސާފުކުރުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އެފޯމު މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341388, 3341376 ، 3341381 އާ ގުޅުއްވުން އެދެމެވެ.

 

03 ފެބުރުވަރީ 2015
ހޯދާ