| 
 މަޤާމުގެ ޝަރުޠު: 
  
 | 
- މާކެޓިންގ/ކޮމިޔުނިކޭޝަން/ޕީއާރ/މީޑިއާގެ ދާއިރާއިން ފުރަތަމަ ޑިގްރީ (ލެވެލް 7/8) ހާސިލުކޮށްފައިވުމާއި، ޑިގްރީއަށްފަހު ދަސްކުރި ތިއަރީތަކާއި އުޞޫލުތައް ބޭނުންކުރަން އެނގުން ނުވަތަ ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވުން. ނުވަތަ؛
 
- މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން ދައްކުވައިދޭ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ލިބިފައިވުމާއެކު، ގިނަ ދުވަސްވީ މުއްސަނދި ތަޖުރިބާތަކެއް ދާއިރާއިން ލިބިފައިވުން.
 
- ހުރިހާ މީޑިއާއެއް މެދުވެރިކޮށް (ކުރީގެ، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ) އިދާރީ މާޙައުލެއްގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
 
 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
 ޢާންމު މަސައްކަތްތައް: 
- މާކެޓިންގ ސްޓްރެޓަޖީތަކާއި ޕްލޭންތައް އެކުލަވާލައި، މެނޭޖްކޮށް، ރޭވުމާ އެއްގޮތަށް ބަޖެޓުގެ ތެރޭގައި ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮފެޝަނަލްކޮށް ޕްލޭން ތަންފީޒުކުރުން.
 
- ޔުނިވަރސިޓީގެ މާކެޓިންގ ސްޓްރެޓަޖީއާ އެއްގޮތަށް ކުރިއަށްދޭތޯ ބެލުމާއި، މާކެޓް ރިސާރޗްކުރުމާއި، ރިޕޯޓާއި ބްރީފްތަކާއި އަޕްޑޭޓްތައް އެކުލަވަލައި، މަސައްކަތް ކުރިއަށްދާވަރު ހޯދައި ދެނެގަތުން.
 
- މާކެޓިންގެ ހަރަކާތްތަކާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމާއި މުރާޖަޢާކުރުން.
 
- މާކެޓިންގ ޓީމުގެ ވޯކްލޯޑް ބެލެހެއްޓުމާއި، މަސައްކަތްތައް ތަންފީޒުވާވަރު ބެލެހެއްޓުމާއި، މަސައްކަތް ހަވާލުކުރުމާއި، މަސައްކަތްތައްކުގެ ޕަރފޯމަންސް ބަލަހައްޓަމުންދިއުމާއި، ޔުނިވަރސިޓީގެ މާކެޓިންގެ ލަނޑުދަނޑިތައް ހާސިލުކުރެވޭފަ ހުނަރުވެރި ޤާބިލް ޓީމެއް އުފެއްދުމަށް އެހީތެރިވުން.
 
- މާކެޓިންގއާ ބެހޭގޮތުން އެކުލަވާލާފައި ހުންނަ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ތަންފީޒުކުން.
 
- ޔުނިވަރސިޓީގެ މާކެޓިންގ ބަޖެޓު ބެލެހެއްޓުން.
 
- ޔުނިވަރސިޓީއާ ދޭތެރޭ މީހުން ދެކޭގޮތް ރަނގަޅުކުރުމަށް، ޕީ.އާރު ފުުރުޞަތުތައް ހޯދުމަށް ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ފަރާތްތަކާ ނެޓްވާރކްކުރުން.
 
- ޔުނިވަރސިޓީގެ މީޑިއާތަކުގައި ބޭނުންކުރާނޭ އިވެންޓްތަކާއި ތަންތަނާއި މީހުންގެ ފޮޓޯއާއި ކުރެހުމާއި ލިޔުމުގެ ލައިބްރަރީއެއް އެކުލަވާލައި ކެޓެލޮގްކޮށް ބެލެހެއްޓުން.
 
- ޔުނިވަރސިޓީގެ ޕްރޮމޯޝަނާބެހޭ ޖަލްސާތަކާއި ކޮމިޓީތަކާއި ޓާސްކްފޯސްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
 
- މީޑިއާއާއި ޕަބްލިކް ރިލޭޝަންސް
 
- މީޑިއާއާއި ޕަބްލިކް ރިލޭޝަންސާބެހޭ ރޭވުންތައް، އެޑްމިނިސްޓްރޭޝަނާއި ސަޕޯޓް ސަވިސަސްގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ގުޅިގެން އެކުލަވާލައި ހިންގުން.
 
- ޔުނިވަރސިޓީއާމެދު މީހުން ހޭލުންތެރިކުރުމާއި، ޔުނިވަރސިޓީއާމެދު މީހުންގެ ރުހުމާއި މަޤްބޫލުކަން، އިތުރުކޮށް ރާއްޖޭގެ އެންމެ ފުރަހާދަ ތަޢުލީމީ ތަނުގެގޮތުގައި އާންމުން ދެކޭ ތަނެއްގެގޮތުގައި ހެދުން.
 
- މީޑީއާގެ އެކި ފަރާތްތަކާ ގާތް ގުޅުމެއް ޤާއިމްކުރުން.
 
- މީޑިއާތައް މޮނިޓަރކޮށް، ކޮންމެ ތިންމަހުން، މީޑިއާ ޕްރެސެންސް ރިޕޯޓެއް އެކުލަވައިލުން.
 
- މާކެޓިންގއާއި ކޮމިޔުނިކޭޝަންސް
 
- ޔުނިވަރސިޓީގެ ބްރޭންޑިންގ ގައިޑްލައިންސްއާ އެއްގޮތްވާގޮތުގެމަތިން މަސައްކަތްކޮށް، ފެކަލްޓީ ސެންޓަރުތަކަށް އެކަށީގެންވާ ބްރޭންޑް އައިޑެންޓިޓީއެއް ހަދައި، އައިޑެންޓިޓީ އިތުރަށް ތަރައްޤީކުރުން.
 
- ޔުނިވަރސިޓީގެ ރިސޯސްތަކުގެ ބޭނުންހިފައި، މީޑިއާ ކެންޕެއިންތަކަށް އެކަށޭނަ މެޓީރިއަލްސް ހެދުން.
 
- ޔުނިވަރސިޓީގެ ކޯޕަރޭޓް އައިޑެންޓިޓީއާބެހޭ ހުރިހާ ކަމެއް ބެލެހެއްޓުން.
 
- ޔުނިވަރސިޓީގެ ފިކުރީ މުދަލާބެހޭ ކަންކަން، މާކެޓިންގއާއި ކޮމިޔުނިކޭޝަންސްގެ ދާއިރާގައި ރައްކާތެރިކުރުން.
 
- މާކެޓް ރިސާރޗަށް ބޭނުންވާ ކަންކަން ހޯދައި، އެކަންކަން ދެނަގަނެ، ޔުނިވަރސިޓީގެ މާކެޓިންގ ޕްލޭންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
 
- ޔުނިވަރސިޓީގައި ލިބެންހުރި ވަސީލަތްތަކުގެ ބޭނުންހިފައިގެން ފެކަލްޓީ ސެންޓަރުތަކުގައި މާކެޓްކުރުމުގެ ހުނަރުވެރިކަން އިތުރުކުރުމާއި، އަލަށްފަށާ ކޯސްތަކާއި ޕްރޮގްރާމްތައް މާކެޓް ރިސާރޗަށް ބިނާކުރުން.
 
- ޔުނިވަރސިޓީގެ މާރކެޓިންގ ޕޯރޓްފޯލިއޯ ތަރައްޤީކުރުމުގައްޔާއި މާކެޓިންގެ ޕްލޭނުތައް ހެދުމުގައި ފެކަލްޓީތަކާއި ސެންޓަރުތަކުގެ އިސްވެރިންގެ ލަފައާއި އިރުޝާދު ހޯދުން.
 
- މާކެޓިންގ ކޮމިއުނިކޭޝަންތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ދަރިވަރުންނާއި އެހެނިހެން ސްޓޭކް ހޯލްޑަރުންގެ ފަރާތުން ލިބޭ ތަފާސްހިސާބުތަކުގެ ބޭނުންހިފުން.
 
-  ޔުނިވަރސިޓީގެ މާރކެޓިންގ އޮނިގަނޑުގެ ތެރެއިން މާކެޓިންގގެ ރިސޯސްތަކާއި، ހުނަރުވެރިކަމާއި ފަންނުވެރިކަމުގެ ފުުރިހަމަ ބޭނުންހިފުން.
 
-  ދިރާސާކުރުމާއި ޢިލްމް ފޯރުކޮށްދިނުމުގައި ޔުނިވަރސިޓީގެ ޕޯޓްފޯލިއޯ ފުޅާކުރުމުގެގޮތުން މާރކެޓިންގގެ ފުރިހަމަ އެއްބާރުލުން ދިނުން.
 
- ޔުނިވަރސިޓީގެ ވެބްސައިޓުގެ ރޭވުމާއި ރީތިކަން ބެލެހެއްޓުމާއި، އެ ވެބްސައިޓަކީ ބަލާލަން ފަސޭހަ، ބަލާފަރާތްތައް ހިތްހަމަޖެހޭ، ބޭނުންތެރި އެއްޗަކަށް ހެދުން.
 
- ހުރިހާ މުވައްޒަފުންވެސް، ވެބްސައިޓާއި ޝާއިޢުކުރުމާބެހޭ ޕޮލިސީތަކަށް ޙުރުމަތްތެރިކޮށްހިތާކަން ކަށަވަރުކުރުން.
 
- ޔުނިވަރސިޓީގެ އެހެން ފަރާތްތަކާ ގުޅިގެން، މާކެޓިންގ ކެމްޕެއިންތައް ތަންފީޒުކުރުމުގައި ސޯޝަލް މީޑިއާ މެނޭޖްކޮށް ބެލެހެއްޓުން.
 
- ޔުނިވަރސިޓީއާމެދު ޕޮޒިޓިވް ޚިޔާލު ގެންގުޅޭ 10 ފަރާތެއްގެ އޭލިއަސްތަކެއް އުފައްދައި، ކޮންމެ ދުވަހަކު މި ފަރާތްތަކުން ސޯޝަލް މީޑިއާގައި ޝާއިޢުކުރުން.
 
- ޔުނިވަރސިޓީގެ ފޭސްބުކް ޕޭޖާއި، ޓްވިޓަރ އެކައުންޓާއި، ޔޫޓިއުބް ޗެނަލް ބަލަހައްޓާ އަޕްޑޭޓްކުރާ އިސްފަރާތުގެގޮތުގައި ހަރަކާތްތެރިވުން.
 
- ޔުނިވަރސިޓީ މާކެޓްކުރުމަށް ބޭނުންވާ މާރޗަންޑައިސް އުފައްދައި، ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
 
- ޝާއިޢުކުރުން ބެލެހެއްޓުން.
 
- ޔުނިވަރސިޓީގެ މާކެޓިންގއާބެހޭ ތަކެތި ވަޒަންކޮށް، އުފެއްދުން މެނޭޖްކުރުން.
 
- ޔުނިވަރސިޓީގެ ސްޓައިލްގައިޑާ އެއްގޮތަށް އެ ފެންވަރަށް މާކެޓިންގ ތަކެތި ތައްޔާރުކުރުން.
 
- ޔުނިވަރސިޓީގެ ނިއުސްލެޓަރތަކާއި ސްޕެޝަލް އިވެންޓް ލިޔުންތައް އުފެއްދުން މެނޭޖްކޮށް، އެތަކެތި ބެހުން.
 
- ޔުނިވަރސިޓީގެ ޢާންމު ލިޔުންތައް ފޮނުވޭ ފަރާތްތަކުގެ ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
 
- ޚާއްޞަ އިވެންޓްތައް
 
- މާކެޓިންގެ ޚާއްޞަ އިވެންޓްތައް ފިކުރުކޮށް، އުފައްދާ އިންތިޒާމްކުރުން.
 
- ޔުނިވަރސިޓީގެ މާރކެޓިންގ ޑިޕާޓްމަންޓުގެ އެހެން ފަރާތްތަކާ ގުޅިގެން ސްޕޮންސަރޝިޕް ހޯދުމާއި، މިފަދަ އެއްބަސްވުންތައް ތަންފީޒުކުރުން.
 
- ޔުނިވަރސިޓީ މާރކެޓްކުރުމުގެ މަޤްޞަދު ހިމެނޭ ޙަފްލާތަކާއި، ފެއަރތަކާއި، އޯޕަން ޑޭތަކާއި، މަޢުރަޟް ފަދަ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރުން.
 
- މި ވަޒީފާ ބަޔާނުގެ މަޤްޞަދަކީ، ވަޒީފާގައި ކުރަންޖެހޭ ކަންތައްތައް ވަކި ޙުދޫދެއްގެ ތެރޭގައި ހިމެނުމެއް ނޫނެވެ. މިއާ ޚިލާފަށް ވަޒީފާގެ މަސްއޫލިއްޔަތުގެ ޚުލާޞާއެއް ބަޔާންކުރުމެވެ. ބައެއްފަހަރު، މެނެޖްމަންޓުން އަންގާ ގޮތެއްގެ މަތިން އެހެން ދާއިރާއެއްގައި އެހެން ކަންކަން ކުރަން ޖެހިދާނެއެވެ.
 
 
 | 
| 
 އުޖޫރައާއި ޢިނާޔަތްތައް:   
 | 
 އިތުރުގަޑީގައި މަސައްކަތްކުރާނަމަ،  ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 
 | 
| 
   
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
-  ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
 
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
 
  | 
| 
   
  
ނޯޓް: 
 | 
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ. 
 
- އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ. 
 
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ. 
 
- އިންޓަރވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. 
 
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
 
 
 | 
| 
 ސިޓީ ފޮނުވަންވީ ތާރީޚު:    
 | 
  2015 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް. 
 | 
| 
 އިތުރު މަޢުލޫމާތު: 
  
  
 | 
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
 
- މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
 
 
 | 
| 15 ރަބީޢުލްއާޚިރު 1436 |