| 
  ވަޒީފާގެ ފުރުޞަތު 
 | 
  ނަންބަރު: P7C(IUL)/2023/05 
 | 
| 
  ތާރީޚް: 01 ޖުލައި 2023 
 | 
| 
  މަޤާމް: 
 | 
  ހައުސްކީޕަރ 
 | 
| 
  ކްލެސިފިކޭޝަން 
 | 
  ސަޕޯޓް ސްޓާފް ގރ. 1 
 | 
| 
  ރޭންކް 
 | 
  އެސް. އެސް 1 
 | 
| 
  އަސާސީ މުސާރަ 
 | 
  -/3100ރ. 
 | 
| 
  މި މަޤާމަށް ލިބޭ   އެލަވަންސް 
 | 
  - ޖުޑީޝަލް އެލަވަންސް: 620.00ރ. (މުސާރައިގެ %20) 
 - ސަރވިސް އެލަވަންސް: 1000.00ރ. 
 - ލިވިންގ އެލަވަންސް: 2550.00ރ. 
 - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ 
 - ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށޫން ލިބިދެވޭ ފެންޝަން ފައިސާ 
  
 | 
| 
  އަސާސީ ޝަރުޠު 
 | 
  - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ލިޔަން ކިޔަން އެނގުން. (ލިޔަންކިޔަން އެނގޭކަމަށް ބަލާނީ ލިޔަންކިޔަން އެނގޭކަން އަންގައިދޭ، ސަރުކާރުގެ ކަމާބެހޭ އިދަރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ 
 - ލިޔަންކިޔަން އެނގޭތޯ ބެލުމަށް ކޯޓުން ޓެސްޓެއް ދީގެންނެވެ.) 
  
 | 
| 
  އެހެނިހެން ޝަރުޠު 
 | 
- ވަޒީފާ އަށް އެދި ހުށަހަޅާއިރު 18 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން، އަދި ވަޒީފާ އިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށް ވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
 
- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ މެޖިސްޓްރޭޓް ކޯޓު ނުވަތަ އެ ކްލަސްޓަރގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓެއްގެ މުވައްޒަފަކާއި ހުރި ފަރާތެއްކަމުގައި ނުވުން.
 
- ދިވެއްސަކު ކަމުގައި ވުން.
 
 
  
 | 
| 
  މަޤާމުގެ މަސްޢޫލިއްޔަތު 
 | 
- ކޯޓަށް ޙާޟިރުވާންޖެހޭ ދުވަސްތަކުގައި ބަރާބަރަށް ގަޑިއަށް ކޯޓަށް ޙާޟިރުވުން
 
- ކޯޓުގެ ދިދަ ވާގަޑު ކެނޑިއްޖެނަމަ ވައުފަށް ބަދަލުކޮށް ދިދަ އެރުވުން.
 
 
- ކޯޓުގެ އިންފާރު ވަށައިގެން އޮންނަ ހުރިހާ މަގުތަކުގެ ކޯޓާއި ވީ ފަޅި ވިނަ ނޮޅައި ކުނި ކަހައި ސާފްކޮށް ބެލެހެއްޓުމާއި ކުނި އުކުން.
 
- ކޯޓުގެ ގޯތި ތެރޭގައި ވިނަ ނޮޅައި ކުނި ކަހައި ކުނި އުކައި ސާފުކުރުން.
 
- ކޯޓުގެ ގޯތި ތެރޭގައި ވާ ރުއްގަސް ވެރިންގެ އަމުރާއި އެއްގޮތަށް ސާފްކޮށް ބެލެހެއްޓުން.
 
- ކޯޓުގެ ފެންވަޅު ދިޔަ ހިއްކައި ސާފްކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
 
- ކޯޓުގެ ފެންތާނގީ ސާފްކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
 
- ކޯޓުގެ އިމާރާތުގެ ދޮރުތަކާއި ފެންލައިޓްތަކާއި ބިއްލޫރި ސާފުކުރުން.
 
- ކޯޓު އިމާރާތުގެ ހުރިހާ ކޮޓަރިތަކާއި ތަންތަނުގެ ކުނިކަހައި، މޮޕްޖެހުމާއި މީރުވަސް ދުވައްފައި ބެހެއްޓުން.
 
- ކޯޓުގެ އެއަރކޯންތަކާއި ފަންކާތަކާއި އަދި ހަރުކޮށްފައި ހުންނަ އެހެނިހެންތަކެތީގެ ހިރަފުސްފޮޅާ ސާފުކުރުން.
 
- ކޯޓުގެ ހުރިހާ ފަރުނީޗަރުތަކުގެ ހިރަފުސް ފޮޅާ ސާފުކޮށް ތަރުތީބުން ބެހެއްޓުން.
 
- ކޯޓުގައި ކުރަންޖެހޭ ކުދި މަރާމާތުތައް ކުރުމާއި އެ މަސައްކަތުގައި މުވައްޒަފުންނަށް އެހީތެރިވުން.
 
- ކޯޓުގެ ޢިމާރާތްތަކުގެ ފުރާޅާއި ދިޔަދޮވި މަދުވެގެން 3 މަހުން އެއްފަހަރު ސާފުކުރުން.
 
- ސީނިއަރ މުވައްޒަފުންގެ އިރުޝާދާއި އެއްގޮތަށް ކޯޓުގެ ކޮމްޕިއުޓަރާއި ޕްރިންޓަރުފަދަ އިލެކްޓްރޯނިކް ވަސީލަތްތަކުން ހިރަފުސް ފޮޅައި، ސާފުކޮށް ބެލެހެއްޓުން.
 
- ކޯޓުން މާލެ ނުވަތަ އެހެން ރަށަކަށް ފޮނުވާތަކެތި، ބަނދަރަށް ގެންގޮސް ދޯންޏަށް ނުވަތަ ލޯންޗަށް އެރުވުމާއި، މާލެއިން ނުވަތަ އެހެންރަށަކުން ކޯޓަށްފޮނުވާ ތަކެތި ކޯޓަށް ގެނައުން.
 
- އެކި ފަރާތްތަކާއި ޙަވާލުކުރުމަށް ދެވޭ ކޯޓު އަމުރު ޤަވާޢިދުން ފަރުވާތެރިކަމާއިއެކު ޙަވާލުކުރުން.
 
- ކޯޓުން ސަރުކާރުގެ އިދާރާތަކަށާއި، އެހެނިހެން ފަރާތްތަކާ ޙަވާލުކުރަންޖެހޭ ސިޓީއާއި، ލިޔުން އަދި އެހެނިހެންތަކެތި ޙަވާލުކުރުން.
 
- ކޯޓަށް ގަންނަންޖެހޭ ތަކެތި ގަނެދިނުމާއި ކޯޓަށް ބޭނުންވާތަކެތި ހޯދުމުގައި، ކަމާބެހޭ މުވައްޒަފު އަންގާ ގޮތެއްގެ މަތިން ފިހާރަތަކަށް ގޮސް ތަކެތީގެ އަގު ބަލައިދިނުން.
 
- މީގެ އިތުރުން ވެރިންގެ ފޯނުކޯލުތަކަށް އިޖާބަ ދިނުމާއި އަންގާ ރަސްމީ އެންމެހާ މަސައްކަތް ކުރުން.
 
 
 | 
| 
  މަސައްކަތް ކުރަންޖެހޭ ތަން 
 | 
  ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓް 
 | 
| 
  ކޮންޓްރެކްޓް މުއްދަތު 
 | 
  01 އަހަރު ދުވަސް 
 | 
| 
  ގުޅޭ ވަޒީފާގެ ދާއިރާތައް 
 | 
  ހައުސްކީޕިންގ އެންޑް މެއިންޓެނަންސް 
 | 
| 
  ހުށަހަޅަންޖެހޭ ތަކެތި 
 | 
- ޝަރުޢީ ދާއިރާގެ ވަޒީފާ އަށް އެދޭ ފޯމުން މި ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
 
- ކުރިމަތި ލާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައި ދޭ ކާޑުގެ ކޮޕީ.
 
- ކުރިމަތި ލާ ފަރާތުގެ ވަނަވަރު.
 
- ވަޒީފާއަށް ކުރިމަތި ލާ ފަރާތްތަކުން ހުށަހަޅަންޖެހޭ މަޢުލޫމާތު ސްލިޕް.
 
- ލިބިފައި ވާ މަތީ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
 
 
  
- ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި ކޯސްތައް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
 
 
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.
 
- ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން.
 
 
  
 | 
| 
  މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޖުލައި 2023 ގެ 13:00 ގެ ކުރިން، ކޮނޑޭ މެޖިސްޓްރޭޓް ކޯޓްއަށެވެ.   
ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. 
 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
  
 | 
| 
  އިތުރު މަޢުލޫމާތު 
 | 
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ މައުލޫމާތު ސްލިޕް މި ކޯޓުގެ ކައުންޓަރުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ ވެބްސައިޓް dja.gov.mv  އިން ލިބެން ހުންނާނެއެވެ.
 
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
 
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު 9567000
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެއެވެ.
 
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.
 
 
 | 
| 
  ވަޒީފާ އަށް އެންމެ ޤާބިލް މީހެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
  - ތަޢުލީމު %30 
 - ތަޖުރިބާ އާއި ތަމްރީން 
 - މަސައްކަތަށް ބޭނުން ވާ ހުނަރު 
 - އިންޓަރވިއު %40 
  
 | 
| 
  މަޤާމަށް މީހަކު ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް 
 | 
  - އަޚްލާޤު ރަގަޅުވުން. 
 - ކޯޓުގެ މަސައްކަތަށް ގިނަ ވަގުތު ހޭދަކުރެވުން. 
 | 
| 
  މުވައްޒަފުންގެ ކަންކަމާއި ގުޅޭ މައިގަޑު ޤަވާޢިދު 
  | 
  - ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 
  
 |