| މަޤާމު | އެޑްމިނިސްޓްރޭޓިވް އޮފިސަރ | 
| ބޭނުންވާ އަދަދު | 01 (އެކެއް) | ހަމަޖައްސާ ސެކްޝަން: މިސްކިތްތަކާބެހޭ ޔުނިޓް | 
| ރޭންކް | ޖީ.އެސް 3 | ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 | 
| މުސާރަ | -/4,465 ރ. | ސާރވިސް އެލަވަންސް: -/1,500 ރ. | 
| މަޤާމުގެ ޝަރުޠު | 
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ:ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. | 
| މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު | 
މި މިނިސްޓްރީގެ އިމާމުންގެ ތެރެއިން މާލެ، ވިލިނގިލި އަދި ހުޅުމާލޭގެ މިސްކިތްތަކަށް އިމާމުން ހަމަޖެއްސުން،މާލެ، ވިލިނގިލި އަދި ހުޅުމާލެ މިސްކިތްތަކުގެ އިމާމަކަށް ވަޑައިންގެންނެވެން ނެތް ވަގުތުތަކުގައާއި އިމާމުން ސަލާމް ބުނުމުން އެމިސްކިތްތަކަށް ވަގުތީ އިމާމުން ހަމަޖެއްސުން،މިސްކިތްތަކުގެ އިމާމުންނާއިމެދު މި މިނިސްޓްރީއަށް ހުށައެޅޭ ޝަކުވާގެ މައްސަލަތައް ބަލައި މި މައްސަލަތައް ހައްލުކުރުން،މާލޭ، ހުޅުމާލެ އަދި ވިލިގިލީގެ މިސްކިތްތަކުގައި ހުކުރު ނަމާދާއި ޢީދު ނަމާދު ކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.ހުކުރު ނަމާދު އަދި ޢީދު ނަމާދުގެ ޚުޠުބާ  ކަމާގުޅޭ ފަރާތްތަކަށް ހަވާލުކުރުމުގެ މަސައްކަތްކުރުން.މާލެ، ހުޅުމާލެ އަދި ވިލިގިލީގެ މިސްކިތްތަކަށް ގޮސް އެ މިސްކިތްތަކުގެ އިމާމުން ސްޕަވައިޒްކުރުން. | 
| ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް | 
ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. | 
| މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން އަދި ގަޑި: މި މަގާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/  އިސްލާމީ މަރުކަޒުގައެވެ. ރަސްމީ މަސައްކަތް ވަގުތަކީ 08:00 ން 15:00 އަށެވެ. މީގެ އިތުރުން ހަވާލުކުރެވިފައިވާ މަސައްކަތާއި ގުޅިގެން ނުވަތަ އިތުރު ގަޑީގައި މަސައްކަތް ކުރުމަށް ނިކުންނަން އަންގައިފިނަމަ ނިކުތުން. (ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.) | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ. މިމަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އަދި ތަޖުރިބާ އިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަށެވެ. | 
| ސުންގަޑި 
05 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް  (އިސްލާމީ މަރުކަޒު)މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ.މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv 
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020212 އަށް އަދި ފެކްސް ނަމްބަރަކީ 3315161އީމެއިލް ކުރައްވާނީ [email protected]  އަށެވެ. |