މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު - މިރަށުގައި ސްލިޕްވޭ ހަދާ ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު - މިރަށުގައި ސްލިޕްވޭ ހަދާ ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

               އޮޑި ދޯނިފަހަރު މަރާމާތުކުރުމަށްޓަކައި ފަސޭހަ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން މިރަށުގައި ސްލިޕްވޭއެއް ހެދުމަށް 35 އަހަރުގެ މުއްދަތަށް ބިމެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.  އެގޮތުން ސްލިޕްވޭ އެޅުމަށް މިހާރު ހުރި ބިމުން 118130 އަކަފޫޓު ގެ ސަރަޙައްދެއް ވަނީ ކަނޑައެޅިފައެވެ. އަދި 452676 އަކަފޫޓުގެ ގެ ބިމެއް މޫދުން ހިއްކެންއޮތްކަން ފާހަގަކޮށްލަމެވެ. އަދި މިބިން ހިއްކަން ބޭނުންނަމަ ހިއްކާނީ ޕްރޮޖެކްޓް ލިބޭ ފަރާތުންނެވެ. ހިއްކާ ބިމަށް ކުލި ހިނގާނީ ބިން ހިއްކާނިމި ބޭނުންކުރަންފަށާތާ 2 އަހަރުދުވަސްވުމަށްފަހުއެވެ. ބިމުކުލީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 5 ލާރި އެވެ. އަދި 5 އަހަރުން 5 އަހަރުން ބިމުކުލީގެ ރޭޓަށް އަކަފޫޓަކަށް 10 ލާރި އިތުރުވާނެއެވެ.  މިދެންނެވުނުގޮތަށް ސްލިޕްވޭ އެޅުމަށް ކައުންސިލުން ނިންމާފައިވާ ސަރަޙައްދާއި ހިއްކެން އޮތް ސަރަޙައްދުގެ ޗާޓެއް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.

               މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 21 ޖޫން 2023 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މި ކައުންސިލް އިދާރާގައި  އެކަމަށް އެދި ނަން ނޯޓްކުރެއްވުން އެދެމެވެ. ބައްދަލުވުން ބާއްވާނެ ތާރީޚާއި، ތަނާއި އަދި ގަޑި، ނަންނޯޓް ކުރައްވާފަރާތްތަކަށް ފަހުން އެންގޭނެއެވެ. އަދި  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

               ވީމާ، ރ.އިނގުރައިދޫގައި ސްލިޕްވޭ ހެދުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ޕްރޮޕޯސަލް އެވެ.

 

ޕްރޮޕޯޒަލްގައި ކޮންމެހެން ހިމަނަންޖެހޭ ބައިތައް:

  1. ކުންފުނި/ވިޔަފާރީގެ ވަނަވަރު
  2. ސްލިޕްވޭ ހަދާ، ހިންގާނެގޮތުގެ ޕްލޭން
  3. އިންވެސްޓްމަންޓް ޕްލޭން (ސްލިޕްވޭ ހަދާ ހިންގަން ބިން ކުއްޔަށް ހިފުމަށް ހުށަހަޅާފަރާތްތަކުގެ އިންވެސްޓަމަންޓް 30 މިލިއަން ރުފިޔާއަށްވުރެ ދަށްވެގެން ނުވާނެއެވެ.)  މި ޕްލޭންގައި ކުއްޔަށް ހިފަންބޭނުންވާ ބިމުގެ ބޮޑުމިން ހިމަނާފައި އޮންނަންވާނެއެވެ.
  4. ތަޖްރިބާ (މަސައްކަތްކޮށްފައިވާ ގޮތާއިމެދު އެކި ފަރާތްތަކުން ދީފައިވާ ލިއުންތައް ހިމަނަންވާނެއެވެ.)
  5. ކުންފުނި/ވިޔަފާރީގެ މާލީ ޙާލަތު (އަހަރީ އޮޑިޓް ރިޕޯޓްތައް ހުށަހަޅަންވާނެއެވެ.)
  6. ކުންފުނި/ވިޔަފާރީގެ އިންސާނީ ވަޞީލަތް ހަމަޖެހިފައިވާގޮތުގެ ޕްލޭން
  7. ކުންފުނި/ވިޔަފާރީގެ ސީ.އެސް.އާރ ޕްރޮގްރާމް
  8. ޕްރޮޕޯޒަލް ހުށަހަޅާނީ A4 ސައިޒްގެ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި 'ސްލިޕްވޭ ހަދާ ހިންގުމަށް ބިން ކުއްޔަށް ހިފުމަށް' ލިޔެފައި އޮންނަންވާނެއެވެ.

ޕްރޮޕޯޒަލް އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލު

ޕޮއިނޓްދޭ ބައިތައް

ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑު

ޕޮއިންޓް

 މާލީ ޤާބިލްކަން

 ކުންފުނި/ވިޔަފާރީގެ އަހަރީ އޮޑިޓް ރިޕޯޓްތައް   ހުށަހަޅަންވާނެއެވެ.  (ކޯވިޑް-19 ގެ ސަބަބުން 2020   ވަނައަހަރުގެ ބޮޑުބައެއްގައި ލޮކްޑައުން ކޮށްފައިވާތީ 2020   ވަނަ  އަހަރުގެ ކުންފުނީގެ އާމްދަނީ ހުށަހަޅާކަށް ނުޖެހޭނެއެވެ.)

5

 ވޭތުވެދިޔަ 3 (ތިނެއް) އަހަރު، އަހަރެއްގެ މައްޗަށް   އެވްރެޖްކޮށް 5 (ފަހެއް) މިލިއަނާއި 10 (ދިހައެއް)   މިލިއަން  ރުފިޔާގެ އާމްދަނީ އެއް ލިބިފައިވުން 

15

 ވޭތުވެދިޔަ 3 (ތިނެއް) އަހަރު، އަހަރެއްގެ މައްޗަށް   އެވްރެޖްކޮށް 10 (ދިހައެއް) މިލިއަން ރުފިޔާއަށްވުރެ ބޮޑު   އާމްދަނީއެއް ލިބިފައިވުން  

20

 ސިލިޕްވޭ އެޅުމަށްޓަކައި އިންވެސްޓްކުރާ އަދަދު

60

 ސްލިޕްވޭ ހަދާ، ހިންގާނެގޮތުގެ ޕްލޭން

 

 ސިޕްވޭ ކޮންސެޕްޓް އަދި އިމްލިމެންޓޭޝަން ޕްލޭން

60

 ޙިދުމަތް ދެވެން ފެށޭނެ މުއްދަތު

40

 އިންސާނީ ވަޞީލަތް

 ކުންފުނި/ވިޔަފާރީގައި މަސައްކަތްކުރަނީ މުޅިންވެސް ދިވެހީން ނަމަ،

25

 ކުންފުނި/ވިޔަފާރީގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި   ދިވެހިން ހިމެނޭ އިންސައްތަ 60 ނުވަތަ އެއަށްވުރެ މަތި   ނަމަ

15

 ކުންފުނި/ވިޔަފާރީގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި   ދިވެހިން ހިމެނޭ އިންސައްތަ 60 އަށްވުރެ ދަށްނަމަ

10

 ސީ.އެސް.އާރ

 ކުންފުނި/ވިޔަފާރީގެ ސީ.އެސް.އާރ ޕްރޮގްރާމްގެ ދަށުން ރ.   އިނގުރައިދޫގައި ކޮށްދިނުމަށް ހުށަހަޅާ ކަންތައްތައް

30

 ސީ.އެސް.އާރ ޕްރޮގްރާމްގެ ދަށުން ރ. އިނގުރައިދޫއަށް   އަހަރަކަށް ހަރަދުކުރާ މިންވަރު

70

07 ޖޫން 2023
ހޯދާ