މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

އިޢުލާން

 

މިސްކިތު  ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

މުލަކަތޮޅު މުލީ މިސްކިތްތަކުގައި ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފަކަށް ދިމާވާ ހާލަތަކާއި ގުޅިގެން ( މުވައްޒަފަކު އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް، ނޯޕޭލީވް)  މަސައްކަތު ނުނިކުމެވޭގޮތް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީ ގޮތުން އެމަޤާމުތަކުގައި މަސައްކަތް ކުރުމަށް 01 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލަމެވެ.

 

މާޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު:

03

މަޤާމުގެ ބާވަތާއި މުއްދަތު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރު ދުވަހުގެ މުއްދަށް

ވަޒީފާ އަދާކުރަންޖެހޭ ތަން

މުލީ މިސްކިތްތައް

މުސާރަ

މަސައްކަތް ކުރާ ގަޑި އަކަށް -/45ރުފިޔާ

މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު

ދުވާލަކު 5 ގަޑި   ހަފުތާއަކު 7 ދުވަހު

މަޤާމުގެ ޝަރުތު:

ލިޔަން ކިޔަން އެނގުން

މަޤާމުގެ މަސްޢޫލިއްޔާތު:

  1. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތައްގޮސް ނަމާދު ކުރެވޭ ގޮތަށް މިސްކިތް ސާފުކުރުން.
  2.  ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތިން މިސްކިތް ފޮޅާ ސާފުކުރުމާއި  ފާޚާނާ އާއި އިސްކުރު ބަރިތައް ޤަވާއިދުން ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި  މިސްކިތާއި އިންވެގެން އޮންނަ މަގުތައް ކުނިކަހާ ސާފުކުރުން.
  3. މިސްކިތުގެ ބިއްލޫރިތަކާއި، ދޮރުތަކާއި، ފަންކާތަކާ، އޭސީތައް އަދި ކަބަޑުތައް  ފޮޅާ ސާފުކުރުން
  4. މިސްކިތުގެ ފަންކާތަކައި، ބޮކިތައް، އޭސީތައް ޖައްސާ ނިއްވުން
  5. މިސްކިތައް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން ސްޕަވައިޒަރަށް އަންގަމުން ގެންދިއުން
  6. މިސްކިތުގެ ގޯތިތެރޭގައި ގަސްއިދާ ފެންދީ ގަސްތައް ކޮށާ ބެލެހެއްޓުން
  7. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކާއި ހިނގާ އެކި އެކި ޕްރޮގްރާމާއި މުނާސަބަތުތައް ހިންގުމަށް ކައުންސިލުން އަންގައިފި ހިނދެއްގައި  ފުރިހަމައަށް އެއްބާރުލުން ދިނުން

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް
  2. މުއްދަތު ހަމަނުވާ އައި. ޑީ ކާޑު ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  1. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ޖޫން 2023 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މ. މުލީ ކައުންސިލް އިދާރާއަށެވެ. ވަޒީފާ އަށް އެދޭ ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

   މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720508 އަށެވެ.

06 ޖޫން 2023
ހޯދާ