މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ބަނދަރު ރުއްގަނޑު ކުއްޔަށް ދިނުން

ރ.އަނގޮޅިތީމު ބަނދަރު ރުއްގަނޑު ކުއްޔަށް ދިނުން:

މިރަށު " ބަނދަރު ރުއްގަނޑު" ކުއްޔަށް ދޫކުރުމަށް ފުރުސަތު  ހުޅުވާލަމެވެ. މިރުއްގަނޑު ދޫކުރަނީ މީލާދީ 2 އަހަރު ދުވަހަށެވެ. ބަނދަރު ރުއްގަނޑު ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ މި ކަމަށް އެދި އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. މި ރުއްގަނޑާއި ބެހޭގޮތުން މަޢްލޫމާތު ސާފު ކުރުމަށް ބޭނުންވާ ބޭފުޅުން މި އިޢުލާންގައިވާ އަގު ހުށަހަޅާ މުއްދަތު ކަމަށް ބަޔާންވެފައިވާ ގަޑީގެ ކުރިން ރަސްމީ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން ނުވަތަ  6580071 ނަންބަރު ފޯނަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމަށްފަހު ތިރީގައިވާ ތާރީޚްގައި އެވާ ގަޑިއަށް މި އިދާރާއަށް އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަގު ހުށަހަޅުއްވަން ވަޑައިގަންނަވާ ބޭފުޅުންގެ އައިޑީކާޑު ގެންނަންވާނެއެވެ. މީގެ ތެރެއިން އަގު ހުށަހަޅާނީ ތިރީގައިވާ ތާވަލްގައިވާ ގޮތަށް ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ބޭފުޅާގެ ނަމާއި ހުށަހަޅާ ރުއްގަނޑު ނަން އޮންނަން ވާނެއެވެ. އަދި އަގު ހުށަހަޅާ ލިޔުމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ ބަދަލުގައި ފޮނުވާ ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.

 

ހުށަހަޅަން ޖެހޭ ތާރީޚް / ގަޑި

ނަން

އައިޓަމް#

15 ޖޫން 2023 / 13:15

ބަނދަރު ރުއްގަނޑު

1

06 ޖޫން 2023
ހޯދާ