ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ނައިފަރުގައި އަލަށް ހަދާ ފުޓްސަލް ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން (މަޢުލޫމާތު ކަރުދާސް އިސްލާހު ކުރުމަށްފަހު އަލުން އިޢުލާން ކުރުން)

އިޢުލާން

ތާރީޚް: 6 ޖޫން 2023

ނަންބަރ: (IUL)327-A/327/2023/170

ޅ.ނައިފަރުގައި އަލަށް ހަދާ ފުޓްސަލް ދަނޑުގެ ސަބްބޭސް ހެދުން (މަޢުލޫމާތު ކަރުދާސް އިސްލާހު ކުރުމަށްފަހު އަލުން އިޢުލާން ކުރުން)

                 

މި ބިލާމާއި ގުޅިގެން މި އިދާރާއިން ކުރިން ކުރެވުނު ނަންބަރު (IUL)327-A/327/2023/169 އިޢުލާންގެ މަޢުލޫމާތު ކަރުދާހުގައި މައްސަލަ ތަކެއް ހުރިކަން ފާހަގަވުމުން މަޢުލޫމާތު ކަރުދާހަށް ބަދަލުގެނެސް އިސްވެ ދެންނެވުނު އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މި ބީލަމުގައި ކުރިން ރަޖިސްޓްރީވެފައިވާ ފަރާތެއްވާނަމަ އަލުން ބިޑްގައި ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ.

ވީމާ، ޅ.ނައިފަރުގައި އަލަށް ހަދާ ފުޓްސަލް ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓްރީވެ ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީ ވުން                 

ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު:

6 ޖޫން 2023 އިން 13 ޖޫން 2023 (13:00) އަށް

މަޢުލޫމާތު ސާފުކުރުން:

6 ޖޫން 2023 އިން 13 ޖޫން 2023 (13:00) އަށް

ގުޅޭނެ ނަންބަރ:

6620130

އީމެއިލް އެޑްރެސް:

[email protected] އަދި [email protected] އަށް ސީސީ ކުރަންވާނެއެވެ.

ރަޖިސްޓްރޭޝަން ފީ:

-/100 (އެއްސަތޭކަ) ރުފިޔާ

ނޯޓް: ފައިސާ ދެއްކުމަށް ފަހު، ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ މަޢުލޫމާތު 7247788 އަށް ވައިބަރ އަށް އަދި [email protected] އީމެއިލް އަށް ފޮނުއްވާ [email protected] އަށް ސީސީ ކުރަންވާނެއެވެ.

ފައިސާ ދެއްކުން:

އިންޓަރނެޓް ބޭންކިން މެދުވެރިކޮށް

އެކައުންޓް ނަން: 1370 Revenue 1

އެކައުންޓް ނަންބަރ: 7705700335001

ޕްރީބިޑް މީޓިންގ:

މި ބިޑާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ނޯންނާނެ.

 

ބީލަން ހުށަހެޅުން                                      

ބީލަމުގައި ހުށަހެޅުމުގެ ސުން ގަޑި:

14 ޖޫން 2023 ބުދަ (13:00) އަށް

ބީލަން ހުށަހެޅުމުގެ މީޓިން އޮންނާނެ ތަން:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ

ބީލަން ހުށަހަޅާއިރު:

  • ހުށަހަޅާ ބީލަން އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ.
  • ސިޓީ އުރާގެ ބޭރުގައި "ޅ.ނައިފަރުގައި އަލަށް ހަދާ ފުޓްސަލް ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން" ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ކެނޑުމަށް ހަމަޖެހިފައިވަނީ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.
  • ބީލަން ހުށަހެޅޭނީ، ކަނޑައެޅިފައިވާ ވަގުތުގައި، ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ، ބީލަން ހުށަހެޅުމުގެ މީޓިން ގައި ބައިވެރިވެގެންނެވެ.

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް:

މި ބީލަމުގައި ރަޖިސްޓްރީވުމަށް ފައިސާ ދައްކާފައިވާ ފަރާތަކަށް ނޫނީ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނެއެވެ.

06 ޖޫން 2023
ހޯދާ