ދިވެހިރާއްޖެ
އިޢުލާން
ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލުގެ ވޯޑް އޭރިޔާގައި ވީ.އާރު.ވީ/ވީއާރު.އެފް އެއަރ ކޮންޑިޝަން އަދި ފްރެޝް އެއަރ ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)23-PD(PMS)/23/2023/104 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ތަކުގެ ޝަރުތުހަމަނުވާތީ އެއަންދާސީ ހިސާބުތައް ބާތިލް ކުރުމަށްފަހު މަސައްކަތުގެ ސްކޯޕަށް ބަދަލުގެނެސް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 06 ޖޫން 2023 ވާ އަންގާރަ ދުވަހުން ފެށިގެން 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 18 ޖޫން 2023 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
17 ޛުލްޤަޢިދާ 1444
