ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސްއެމްއީ ހަބްގެ ދެވަނަ ފަންގިފިލާގައި ސެލޫނެއް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

މި ކޯޕަރޭޝަނުން ހިންގާ އެސް.އެމް.އީ ހަބްގެ ދެވަނަ ފަންގިފިލާގައި ސެލޫން ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 14 މޭ 2023 ގައި ކޮށްފައިވާ ނަންބަރު (IUL)BCC-PS/1/2023/38 އިޢުލާނު ބާތިލުކޮށް، މިތަން ހިންގާނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.

އެސް.އެމް.އީ ހަބަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެންގެވުމުގެ މަތީން މި ކޯޕަރޭޝަނުގެ ފަރާތުން ހިންގާ ތަނެކެވެ. މި ތަނުގައި ގަސް ވިއްކާ ސަރަހައްދެއްގެ އިތުރުން ފޮތް ފިހާރައަކާއި، ކެފެޓީރިއާއެއްގެ އިތުރުން ކާބޯތަކެތި، އަންނައުނު، ކޮސްމެޓިކްސް އަދި ކުޅޭ އެއްޗެހި ވިއްކާ ކިއޮސްކްތަކާއި، ހެއަރ އެންޑް މޭކަޕް ސެލޫނެއްވެސް ހުންނާނެއެވެ. މީގެ އިތުރުން މިނީ ސިނަމާއަކާއި ގޭމިންގ އޭރިއާއެއްވެސް އެސް.އެމް.އީ ހަބުގައި ހުންނާނެއެވެ. މިފަދައިން އެކި ދާއިރާތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު މި ކޯޕަރޭޝަނުގެ ފަރާތުން މި ހުޅުވައިލަނީ ވީހާވެސް ގިނަ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެހީތެރިވުމަށްޓަކައެވެ.  

މިގޮތުން ސެލޫން ހިންގުމުގެ ފުރުސަތު ހުޅުވައިލެވިފައިވަނީ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރައްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

    

ތަން

ދުވަސް

ތާރީޚް

ވަގުތު

 އަންދާސީހިސާބު ހުށަހެޅުން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، 

މ. ކަނީރުވިލާ (ފުރަތަމަ ފަންގިފިލާ)

ބުދަ

14 ޖޫން 2023

14:00

އަންދާސީ ހިސާބު ތައްޔާރުކުރެއްވުމުގައި މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ކަންތަކަށް ރިޢާޔަތްކުރައްވާށެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587  އަށް ގުޅުއްވުން އެދެމެވެ.

 

 

 

05 ޖޫން 2023
ހޯދާ