މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމުގެ ޕްރޮގްރާމް

އިޢުލާން

 

ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމުގެ ޕްރޮގްރާމް

ޔުނިވަރސަލް ފައުންޑޭޝަނާއި ވިލަ ކޮލެޖު ގުޅިގެން "ޑިސްކަވަރ ހޮސްޕިޓަލިޓީ" މި ނަމުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ޒުވާނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް 2017 ވަނައަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެންދަނީ ކުރިއަށް ގެންދަމުންނެވެ.

 މިޕްރޮގްރާމްއަކީ ހިލޭ ސާބަހަށް ޔުނިވަރސަލް ފައުންޑޭޝަނުން ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ.ޔުނިވަރސަލް ފައުންޑޭޝަނުން ހަމަޖައްސަވާ ދެއްވާ ކަންތައްތަކުގެ ތެރޭގައި ކޯސްފީ ދެއްކުމާއި، ބައިވެރިންނަށް އެލަވަންސްދިނުމާއި އުނުވަރސަލް ރިސޯޓްތަކުގައި ތަމްރީނު ހޯދުމުގެ އިންތިޒާމް ހިމެނެއެވެ. 4 މަސްދުވަހަށް ހިންގޭ މި ޕްރޮގަރާމްގައި ކިޔަވައިދިނުމާއި ކުދިންގެ ތަމްރީންތައް ވިލަރެސްކުރުމާއި އިމްތިހާންކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ވިލާ ކޮލެޖުންނެވެ. ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ވިލާކޮލެޖުން "ސެޓްފިކެޓް 3 އިން ހޮސްޕިޓާލިޓީ" ގެ ނަމުގައި ސެޓްފިކެޓެއް ދޫކުރެވޭނެވެ. އަދި ބައިވެރިން ތަމްރީނު  ހޯދާ ރިސޯޓުން  "އެކްސްޕީރިއަންސް ސެޓްފިކެޓް" ދޫކުރައްވާނެއެވެ. އެގޮތުން މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތުވަނީ ޖޫން 08 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައެވެ. މިޕްރޮގްރާމްއާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 7994852 އަށް ގުޅުއްވުން އެދެމެވެ.

04 ޖޫން 2023
ހޯދާ