މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުގައިހުރި ބައު ތަކެތި ނީލަމުގައި ވިއްކުން

      މި އޮފީހުގެ (IUL) 14-A4/1/2023/10 ( 11 ފެބްރުއަރީ 2023) ނަމްބަރު އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައި ނުވާތީ މި އޮފީހުގެ (IUL) 14-A4/1/2023/17 ( 1 މާރިޗު 2023 ) ކުރެވުނު ދެވަނަ އިޢުލާނަށް ވެސް ނީލަމުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވާތީ މި ތަކެތި ނީލަމުގެ އުޞޫލުން ނީލަންކިޔުން  11 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ކ.ތިލަފުށީ ކަސްޓަމްސް އޮފީހުގައި އޮންނާނެއެވެ. އަދި، ނީލަން ކުރިއަށްދާ ވަގުތު، މުދާ ބެއްލެވުމަށް ފަހު، އަގު ހުށައެޅުއްވުން އެދެމެވެ.

      ނީލަން ކާމިޔާބުކުރާ ފަރާތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

      ވީމާ، ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 11 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް ކ.ތިލަފުށި ކަސްޓަމްސްއަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ. ނީލަމަށް ވަޑައިގަންނަވާ އިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ.

           ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

31 މޭ 2023
ހޯދާ