މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ރަޖިސްޓަރީ ކުރަމުންދާ ޖަމްޢިއްޔާތަކުގެ ޑޭޓާބޭސް ހަދައިދޭނެ ފަރާތެއް ހޯދަން

މި މިނިސްޓްރީގައި ރަޖިސްޓަރީ ކުރަމުންދާ ޖަމްޢިއްޔާތަކުގެ ޑޭޓާބޭސް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 11:00އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

07 ރަބީޢުލްއާޚިރު 1436

27 ޖަނަވަރީ 2015
ހޯދާ