މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ.މާފުށި ހޮސްޕިޓަލް އިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި،ބިލް އޮފް ކުއަންޓިޓީ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

ކ.މާފުށި ހޮސްޕިޓަލް އިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި،ބިލް އޮފް ކުއަންޓިޓީ ހެދުމުގެ މަސައްކަތް ކޮށްދޭނެ  ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. 

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 29 މެއި 2023 ވާ ހޯމަ ދުވަހުން ފެށިގެން 7 ޖޫން  2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

 އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 8 ޖޫން  2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

9 ޛުލްޤަޢިދާ  1444

29 މޭ 2023
ހޯދާ