މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ކައުންސިލް އެސިސްޓެންޓް (ކުނި މެނޭޖްކުރުމުގެ މަސައްކަތަށް)

ވަޒީފާގެ ފުރުސަތު

 

ކައުންސިލް އެސިސްޓެންޓް (ކުނި މެނޭޖް ކުރުމަށް ނެގޭ ވަގުތީ މުވައްޒަފުން)

މަޤާމް:

04(ހަތަރެއް)

ބޭނުންވާ އަދަދު:

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން)

މަޤާމުގެ ގިންތި:

ވަޒީފާ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 10 ޖަނަވަރީ 2024 ގެ ނިޔަލަށް.

މުއްދަތު:

ގަޑިއިރަކަށް -/38 ރުފިޔާ

މަޤާމުގެ މުސާރަ:

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ ގަޑިއިރަކަށް -/38 ރުފިޔާ.

އެލެވަންސް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކުނިކޮށި އަދި ކުނިއަންދާ ސަރަޙައްދު ވިނަ ނޮޅުމާއި ކުނިކަހައި ސާފުކުރުން.
  4. ކައުންސިލުން އަންގާ ގޮތެއްގެ މަތީން ރަށުގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ޑަސްބިންތަކުންނާއި ގޭގެއިން ކުނި ނަގައި ކުނިކޮށްޓަށް ޖަމާކުރުން.
  5. ކުނިކޮށްޓަށް ޖަމާކުރެވޭ ނައްތާލެވޭ ޒާތުގެ ކުނި، ކައުންސިލުން އަންގާގޮތެއްގެ މަތީން ނައްތާލުން.
  6. ކުނިކޮށްޓަށް ޖަމާކުރެވޭ ނައްތާނުލެވޭ ޒާތުގެ ކުނި، ކައުންސިލުން އަންގާ ގޮތުގެ މަތިން ޢަމަލު ކުރުން.
  7. ކުނިމެނޭޖުކޮށް ބެލެހެއްޓުމާގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ސުޕަރވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
  8. މީގެއިތުރުންވެސް ކައުންސިލުން ހިންގާ ކަންކަމުގައި ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދުގެ މަތިން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ދިވެއްސަކަށްވުން

2. ލިޔަންކިޔަން އެނގުން.

3. އުމުރުން 18 އަހަރު ފުރި 60 އަހަރު ފުރިފައިނުވާ މީހަކަށް ވުން.

4. ހަފްތާގެ 6 ދުވަހު، ދުވާލަކު 5 ގަޑިއިރު މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (ރަސްމީ ގަޑީގައި މިއިދާރާއިން ލިބެންހުންނާނެ)
  2. އައިޑީ ކާޑުގެ ސާފު ކޮޕީ. (ދެފުށުގެ)
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލޔުންތަކުގެ ކޮޕީ.

(ހ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ޖޫން 2022 ގެ 12:00 ގެ ކުރިން، ބ. ހިތާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް ކުރައްވާނަމަ ސުންގަޑީގެ ކުރިން  އީމެއިލް ލިބުނުކަން ކަށަވަރުކުރުމަކީ އީމެއިލް ކުރައްވާ ފަރާތުގެ ޒިންމާއެކެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 11 ޖޫން 2023 އާއި 13 ޖޫން 2023 އާ ދެމެދު، ބ. ހިތާދޫ ކައުންސިލްގެ އިދާރާގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600007 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

 

09 ޒުލްޤައިދާ 1444 ހ.

29 މޭ 2023
ހޯދާ