ދިވެހިރާއްޖެ
| އިޢުލާނު 
 | |||||||||
| މަޤާމު: | އެޓެންޑެންޓް | ||||||||
| މަޤާމުގެ ނަންބަރު: | J-268312 | ||||||||
| ބޭނުންވާ އަދަދު: | 01 (އެކެއް) | ||||||||
| މަޤާމުގެ ގިންތި: | ދާއިމީ | ||||||||
| މަޤާމުގެ ރޭންކު: | އެސް.އެސް 2 | ||||||||
| މަޤާމުގެ ކްލެސިފިކޭޝަން: | ސަޕޯރޓް ސްޓާފް ގްރޭޑް 2 | ||||||||
| ޑިވިޜަން / ސެކްޝަން: | ނާރސިންގ އެޑްމިނިސްޓްރޭޝަން ސާރވިސް ޔުނިޓް | ||||||||
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | ފުވައްމުލައް ހޮސްޕިޓަލް ،ފުވައްމުލައް | ||||||||
| މުސާރަ: | މަހަކު -/3470 ރުފިޔާ | ||||||||
| ސަރވިސް އެލަވަންސް: | މަހަކު -/1000 ރުފިޔާ | ||||||||
| އެހެނިހެން އެލަވަންސް: | ސްޕެޝަލް ޑިއުޓީ އެލަވަންސް: މަހަކު 1,214.50 ރުފިޔާ (މުސާރައިގެ %35.00) ސަޕޯޓިންގ ކޯ އެލަވަންސް(1): -/1200 ރުފިޔާ (މަހަކު) ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ | ||||||||
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | - ހޮސްޕިޓަލުގެ އިމާރާތާއި، ލޭބަރ ރޫމް، ޚާއްސަ ކޮށް އައި.ސީ.ޔޫ،އަދި ކުޑަ ކުދިންގެ ވޯޑާއި ހޮސްޕިޓަލުގެ ފާޚާނާތަކާއި، ފަރުނީޗަރ އަދި ހިފާގެންގުޅޭ ތަކެއްޗާއި އިކުއިޕްމަންޓްސް ފަދަ ތަކެތި ސާފުކޮށް ޑިސްއިންފެކްޓްކޮށް ބަލަހައްޓައި، ވޯޑްތަކާއި، ލޭބަރރޫމް ، އައި.ސީ.ޔޫ އިން ނައްތާލަންޖެހޭ ތަކެތި ރައްކާތެރިކަމާއެކު ކަނޑައެޅިފައިވާ އުޞޫލުން ނައްތާލުން. - އައި.ސީ.ޔޫ، ލޭބަރ ރޫމް، ޓްރީޓްމަންޓް ރޫމް އަދި ވޯރޑްތަކުގައި ހުންނަ އެނދުތައް ސާފުކޮށް ތަންމަތި އަޅައި ބެލެހެއްޓުމާއި، ނަރުހުންގެ ލަފާގެ މަތިން ހުސްވެފައިވާ އޮކްސިޖަން ސިލިންޑަރތައް ކަނޑައެޅިފައިވާ އުޞޫލުން ބަދަލުކުރުން، އަދި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންނަށް ބޭނުންވާ ބާލީސް، ބެޑްޝީޓްފަދަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުން ފޯރުކޮށްދިނުން. - ވޯރޑުގައި ބަލިމީހުން ތިބޭ އެނދުގެ ތަންމަތި ކޮންމެ ދުވަހަކު 1 ފަހަރު ބަދަލުކޮށް ޚާއްސަ ކޭސްތަކުގައި އިތުރަށް ކުރަންޖެހިއްޖެ ޙާލަތުގައި ލަސްނުކޮށް އެކަން ކަނޑައެޅިފައިވާ އުޞޫލުންކުރުމާއި، ޕޭޝަންޓް ޑިސްޗާރޖްކުރުމުން ލަސްނުކޮށް އެނދު ސާފުކޮށް ޑިސްއިންފެކްޓް ކުރުމަށްފަހު ތަންމަތި އަޅައި ލޯންޑްރީއަށް ގެންދަންޖެހޭ ތަކެތި ލޯންޑްރީއަށް ގެންދިއުން. - ކޮންމެ ޑިއުޓީއެއްގައި ޚިދުމަތްދިނުމަށް ބޭނުންވާ ގޯޒުތަކާއި ޑްރެސިންގ ޕެޑް އާއި މީގެ އިތުރުންވެސް ޚިދުމަތްދިނުމަށް ބޭނުންވާ އެހެނިހެން ސާމާނުތައް ނަރުހުންގެ އިރުޝާދުގެ ދަށުން ތައްޔާރުކުރުމާއި، އޮޓޯކުލޭވް ކުރުން. - ހޮސްޕިޓަލުގައި އުފެދޭ ނުރައްކާތެރި ކުނިބުނިތައް ރައްކާތެރިކަމާއިއެކު އޮޓޯކުލޭވްކުރުމަށްފަހު ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ނައްތާލުން. - އެޑްމިޓްކުރެވޭ ބަލިމީހުންގެ ޔޫރިންބޭގް ނަރުހުންގެ ލަފާގެ މަތިން ހުސްކޮށް، ވޯޑުގައި ބޭނުންކުރާ ބެޑްޕޭން ޔޫރިނަލް، ކިޑްނީ ޓްރޭފަދަ ތަކެތި ކޮންމެ ދުވަހަކު ހަމަޖެހިފައިވާ އުޞޫލުން ދޮވެސާފުކޮށް ޑިސްއިންފެކްޓްކޮށް ބެލެހެއްޓުން. - ހޮސްޕިޓަލަށް އަންނަ ބަލިމީހުންގެ ތެރެއިން އަމިއްލައަށް ހިނގާ ބިނގާ ނޫޅެވޭ ބަލިމީހުން ޓްރޯލީއާއި ވީލްޗެއަރ ގައި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، އިމަޖެންސީ ކޭސްތަކުގައި ޕޭޝަންޓް ޓްރޯލީ ތައްޔާރުކޮށް އިމަޖެންސީ ޙާލަތަށް ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުން. - ކަނޑައެޅިފައިވާ ޑިއުޓީކުރުމުގެ އިތުރުން އިމަޖެންސީ ޙާލަތެއްގައި ކޯލްކުރެވިއްޖެނަމަ ނިކުމެ މަސައްކަތްކުރުން . - ލޯންޑްރީގައި ދޮންނަ މީހަކު ނެތިއްޖެ ޙާލަތެއްގައި ލޯންޑްރީގައި މަސައްކަތްކުރުމާއި، ބަލިމީހުންނަށް އެހީތެރިވެދިނުމުގައި ނަރުހުން އެދިއްޖެ ޙާލަތެއްގައި އެކަމެއްގައި އެހީތެރިވުން. - ސިއްހީ އެމަޖެންސީތަކާ، ޕެންޑެމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން. | ||||||||
| މަޤާމުގެ ޝަރުޠުތައް: | 
 ނުވަތަ 
 - ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. 
 ނުވަތަ - ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. | ||||||||
| މަޤާމުގެ ތަޢުލީމީ ރޮނގުތައް: - ނެތް | |||||||||
| ކޯ ޑިސިޕްލިންތައް: -ނެތް | |||||||||
| ޕްރިފަރޑް ޑިސިޕްލިން - ނެތް | |||||||||
| ގުޅޭ ވަޒީފާގެ ދާއިރާތައް: - ފޮޅާ ސާފުކުރުން | |||||||||
| ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". | ||||||||
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
 
 
 
 
 
 
 ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު 70 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓް ލިބެންވާނެއެވެ. | ||||||||
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ޖޫން 2023 ގެ 13:30 ގެ ކުރިން، ފުވައްމުލަކު ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފްކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމް ނަންބަރު ޖެހުމަށް ދަންނަވަމެވެ. 
 | ||||||||
| ޝޯޓްލިސްޓުކުރުން: 
 | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. 
 | ||||||||
| އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ،2023 ޖޫންމަހުގެ ތެރޭގައި ފުވައްމުލަކު ހޮސްޕިޓަލުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. | ||||||||
| "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | ||||||||
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6861860 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. | |||||||||
 
                    