ބީލަން ހުށަހެޅުމުގެ ދަޢުވަތު
 
މިކައުންސިލްގެ ކޮންފެރެންސް ހޯލްގައި ސްމާޓް އިލެކްޓްރިކް އޮޓޮމެޓިކް ސިސްޓަމް އިންސްޓޯލްކޮށް ސެޓަޕްހަދާ ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން: 
މިކައުންސިލްގެ ކޮންފެރެންސް ހޯލްގައި ސްމާޓް އިލެކްޓްރިކް އޮޓޮމެޓިކް ސިސްޓަމް އިންސްޓޯލްކޮށް ސެޓަޕްހަދާ ދިނުމުގެ މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
| 
 ބީލަމަށް ރަޖިސްޓްރީކުރުން 
 | 
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 30 މޭ 2023 އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް[email protected]  މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
 
- ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުމަށް ފަހު ހުށަހަޅަންވާނެއެވެ.
 
- ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ.
 
 
 | 
| 
 މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 
 | 
- ބީލަންވެރިންނަށް މަޢުލުމާތު ދިނުން (ޕްރީ ބިޑް މިޓިންގ) އޮންނާނީ 31 މޭ 2023 ބުދަ ދުވަހުގެ 11:00ގައި  މި އިދާރާގެ ކޮންފެރެންސް ހޯލުގައެވެ.
 
- މިބައްދަލުވުމުގައި ކައުންސިލުން މިމަސައްކަތް ކުރަން ބޭނުންވާގޮތާއި ޑިޒައިން އަދި ކޮންސެޕްޓް ހިއްސާކުރެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
 
- ބިޑް ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ކޮންފެރެންސް ހޯލަށް ދުރުވެ މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތުވަނީ 04 ޖޫން 2023 ވާ އާއްދިތަ ދުވަހުގެ 14:00އަށް ހުޅުވާލެވިފައެވެ.
 
- މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
 
- ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 04 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލަށެވެ.
 
- މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާޓުގެ ޒިންމާއެކެވެ.
 
 
 | 
| 
 ބީލަން ހުށައެޅުން 
  
 | 
- ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
 
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
 
- މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
 
 
  
 | 
 
 
                      މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
                        05 ޛުލްޤައިދާ 1444
25 މޭ 2023