ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ގަނެފައިވާ ޑަސްބިންތައް ވިއްކުމަށް ހަމަޖެހިފައިވާ އުޞޫލު

c

ހައްދުންމަތީ ގަމު ކައުންސިލް އިދާރާ

  ލ. ގަން،

  ދިވެހިރާއްޖެ

ނަންބަރ: 399-F/2023/12

 

 

ކައުންސިލުން ގަނެފައިވާ ޑަސްބިންތައް ވިއްކުމަށް ހަމަޖެހިފައިވާ އުޞޫލު

 

ތަޢާރަފާއި ނަން:

1

(ހ)

މިއީ ޤާނޫނު ނަމްބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 151 މާއްދާއިން ލ. ގަމު ކައުންސިލަށް ލިބިދޭ ބާރުގެދަށުން، ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ މަސްވަރާއާއެކު އެމާއްދާގެ (ށ) ގެ ދަށުން ކައުންސިލުން އެކުލަވާލާފައިވާ ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ޤަވާޢިދުގެ ދަށުން އެކުލަވާލެވިފައިވާ އުސޫލެވެ.

(ށ)

މިއުސޫލަށް ކިޔަނީ "ޑަސްބިން ވިއްކުމުގެ އުސޫލު" އެވެ.

އަމަލުކުރަން ފަށާ ތާރީޚް

2

(ހ)

މި އުސޫލަށް ޢަމަލުކުރަންފަށާނީ ހައްދުންމަތީ ގަމު ކައުންސިލުން މި އުސޫލު ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ހިއްސާކުރުމުންނެވެ.

ވިއްކާ ޑަސްބިނުގެ މަޢުލޫމާތު:

3

(ހ)

ޑަސްބިންގެ އަދަދު 1 ސެޓް ޑަސްބިން މާނަކުރަނީ  120ލ ގެ ފެހި، 120ލ ނޫ ކުލައިގެ  ޑަސްބިން އަދި 30ލ 1 ޑަސްބިން އެއީ ސެޓެއް ކަމަށް ބަލައިގެންނެވެ.

(ށ)

ޑަސްބިންގެ އަދަދު 1 ޑަސްބިން ކަމަށް މާނަކުރަނީ މިމާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ޑަސްބިންތަކުގެ ތެރެއިން އެއްމެ ޑަސްބިނަކަށެވެ.

އުސޫލް

4

(ހ)

އެގޮތުން މި އުސޫލަކީ ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ޤަވާއިދުގެ ދަށުން ލ. ގަމު ކައުންސިލުން ގަނެފައި ހުރި ޑަސްބިންތައް ހަމަހަމަ އުސޫލެއްގެ މަތިން ރައްޔިތުންނަށް ވިއްކުމުގެ އުސޫލެކެވެ.

(ށ)

ޑަސްބިން ވިއްކުމަށް ހަމަޖެހިފައިވަނީ މި އިދާރާގައި ކުނި އުކާލުމުގެ ޚިދުމަތަށް އެދި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

(ނ)

01 ޖެނުއަރީ 2023 އިން ފެށިގެން ކުނީގެ ޚިދުމަތަށް އަލަށް ރަޖިސްޓްރީކުރާ ފަރާތްތަކާއި މިހާރު ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޑަސްބިން ނުލިބޭ ފަރާތްތަކަށް އެއްވެސް އަގަކާއި ނުލައި ޑަސްބިން ދޫކުރެވޭނެއެވެ.

(ރ)

ސަރުކާރުގެ މުއައްސަސާތަކަށް ވިއްކުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 02 (ދެއެއް) ސެޓް ޑަސްބިނެވެ.

(ބ)

ގޭބިސީއަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 01 (އެކެއް) ސެޓް ޑަސްބިނެވެ.

(ޅ)

ރަށުގައި ރަޖިސްޓްރީ ވެފައިވާ ކުލަބު ޖަމްޢިއްޔާތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 01 (އެކެއް) ޑަސްބިނެވެ.

(ކ)

ރަށުގައި ރަޖިސްޓްރީ ވެފައިވާ ވިޔަފާރިތަކުގެ ތެރެއިން ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1 (އެކެއް) ސެޓް ޑަސްބިނެވެ.

އަގު:

5

(ހ)

-       120 ލީޓަރ ޑަސްބިނެއްގެ އަގަކީ -/900ރ (ނުވަސަތޭކަ ރުފިޔާ) އެވެ.

-       30 ލީޓަރ ޑަސްބިނެއްގެ އަގަކީ -/300ރ (ތިންސަތޭކަ ރުފިޔާ) އެވެ.

(ށ)

ޑަސްބިން ދޫކުރާނީ ފައިސާ ދެއްކުމަށް ފަހު މި އުސޫލުގެ 7 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުގައެވެ. އެއްވެސް ފަރާތަކަށް ކްރެޑިޓަށް ޑަސްބިން ދޫނުކުރެވޭނެއެވެ.

ކުނިއުފުލުން.

6

(ހ)

ޑަސްބިންތައް ސާފުކޮށް ބެލެހެއްޓުމަކީ އެޑަސްބިންތަކާއި ޙަވާލުވާ މުއައްސަސާއެއްގެ ނުވަތަ ޙަވާލުވާ ފަރާތެއްގެ ޒިންމާއެކެވެ.

ކައުންސިލްގެ ލޯގޯޖެހުން

7

(ހ)

ޑަސްބިންތައް ގެންދާ ފަރާތްތަކުން ޑަސްބިން ތަކުގައި އެފަރާތްތަކުގެ ލޯގޯއާއި ނަންޖަހައިގެން ނުވާނެއެވެ.

(ށ)

ޑަސްބިންތަކުގައި ހަމައެކަނި ޖަހަންވާނީ ކައުންސިލް އިދާރާއިން މިހާރު ޖަހާފައިވާ ލޯގޯ އެކަންޏެވެ. އެހެންނަމަވެސް ގަންނަ ފަރާތުގެ ނަމާއި ގޭގެ އެޑްރެސް ކައުންސިލްގެ ހުއްދައާއެކު ޖެހިދާނެއެވެ.

އިގްރާރު

8

(ހ)

މި އުސޫލުގެ ދަށުން ޑަސްބިން ގަންނަ ފަރާތަކާ ކައުންސިލާއި ދެމެދު އެއްބަސްވުމެއް ހެދިގެންދާނެއެވެ.

25 މެއި 2023

25 މޭ 2023
ހޯދާ