ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ގަމު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުން

 

ވަޒީފާގެ ފުރުޞަތު

 

ލ. ގަމު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ "ކައުންސިލްތަކުން ވިޔަފާރިކުރުން" ގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ "ލ. ގަމު ލޯކަލް އޮތޯރިޓީ ކުންފުނި" ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް، ބޯޑުގެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

 #

މަޤާމު

ޢަދަދު

1

އެގްޒެކްޓިވް ޑިރެކްޓަރު (މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ)

1

2

މިނިވަން ޑިރެކްޓަރު

1

3

ކައުންސިލް ޑިރެކްޓަރު (ކައުންސިލް މެމްބަރުންގެ ތެރެއިން)

1

މެނޭޖިންގ ޑިރެކްޓަރާއި ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ މުސާރައާއި ޢިނާޔަތް ކަނޑައަޅާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުޞޫލެއްގެ މަތީންނެވެ.

ލ. ގަމު ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު "ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިފާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވާ؛ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފައިވާ "ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު" (01/221/2022އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފާރާތްތަކެއް ކަމުގައި ވާންވާނެއެވެ.

 

 

ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ ޝަރުތުތައް

އެގްޒެކްޓިވް ޑިރެކްޓަރު

(ހ) އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައިވުން.

(ށ) ބުއްދި ސަލާމަތުން ހުރުން.

(ނ) ވޭތުވެދިޔަ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، ރެގިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން.

(ރ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

(ބ) ޖިނާޢީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 03 (ތިނެއް) އަހަރު ވެފައިވުން.

(ޅ) މި ޝަރުތުތަކުގެ މާއްދާ (ބ) ގައި އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

(ކ) މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައި ވުމާއިއެކު، 02 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(އ) އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

(ވ)  ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތު އަދާކުރަމުން އަންނަ، ނުވަތަ އަދާކުރުމަށް ހަމަޖެހިފައިވާ ފަރާތް ކަމުގައިވުން.

(މ) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރި ކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

(ފ) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކަނޑައަޅާފައިވާ  ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތަކަށްވުން.

މިނިވަން ޑިރެކްޓަރު

 

(ހ) އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައިވުން.

(ށ) ބުއްދި ސަލާމަތުން ހުރުން.

(ނ) ވޭތުވެދިޔަ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން.

(ރ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

(ބ) ޖިނާޢީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 03 (ތިނެއް) އަހަރު ވެފައިވުން.

(ޅ) މި ޝަރުތުތަކުގެ މާއްދާ (ބ) ގައި އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

(ކ) މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައި ވުމާއިއެކު، 02 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(އ) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރި ކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

(ވ) ވޭތުވެދިޔަ 2 (ދޭއް) އަހަރުގެ ތެރޭގައި، ކައުންސިލުގެ ދާއިމީ ވަޒީފާއެއްގައި ހުރެފައިވާ ފަރާތަކަށް ނުވުން.

(މ) ވޭތުވެދިޔަ 2 (ދޭއް) އަހަރުގެ ތެރޭގައި ކައުނަސިލަށް އެއްވެސް ޙައިސިއްޔަތަކުން އެއްވެސް ބާވަތެއްގެ ޚިދުމަތެއް ދެމުން އަންނަ ފަރާތަކަށް ނުވުން.

(ފ) ރެޖިސްޓްރާރ އޮފް ކޮމަޕެނީޒް އިން ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީނު ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތަކަށްވުން.

ކައުންސިލް ޑިރެކްޓަރު (ކައުންސިލް މެމްބަރުންގެ ތެރެއިން)

(ހ) އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައިވުން.

(ށ) ބުއްދި ސަލާމަތުން ހުރުން.

(ނ) ވޭތުވެދިޔަ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން.

(ރ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

(ބ) ޖިނާޢީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 03 (ތިނެއް) އަހަރު ވެފައިވުން.

(ޅ) މި ޝަރުތުތަކުގެ މާއްދާ (ބ) ގައި އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

(ކ) މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައި ވުމާއިއެކު، 02 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(އ) އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

 

(ވ) ކައުންސިލުގެ ރައީސް ނުވަތަ މޭޔަރު ފިޔަވައި، ކައުންސިލުގެ މެންބަރުންގެ ތެރޭގައި ހިމެނޭ ފަރާތަކަށްވުން.

 

(މ) ކައުންސިލުން ވިޔަފާރިކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

 

މި މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، "ލ. ގަމު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ކުރިމަތިލުމަށްއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު 2023 ޖޫން 04 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ލ. ގަމު ކައުންސިލްގެ އިދާރާއަށް ނުވަތަ  [email protected] އަށް އީމެއިލް އިން ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކާއި ކުރެވޭ އިންޓަވިއު އޮންނާނީ 2023 ޖޫން 11 އާއި 2023 ޖޫން 18 އާއި ދެމެދުއެވެ.

ބޯޑުގެ ޑިރެކްޓަރު ކަމަށް އެކަށީގެންވާ ވަރަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާފައި ވާނަމަ، ޝޯޓް ލިސްޓް ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ ރަނގަޅު ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރުމަށްފަހު އެފަރާތްތަކުގެ މާރކްސްތަށް ކައުންސިލުގެ ރުހުން ހޯދުމަށް ކައުންސިލްގެ ޖަލްސާއަށް ފޮނުވޭނެއެވެ.

"ލ. ގަމު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް" އަދި ފޯމާއެކު ހުށަހަޅަންވީ މަޢުލޫމާތުތައް މިއިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

23 މެއި 2023

23 މޭ 2023
ހޯދާ