މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ބާއްވާ ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯ ތައް ރިކޯޑް ކޮށް، ބެނާ ޕްރިންޓްކޮށް ދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ބާއްވާ ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯ ތައް ރިކޯޑް ކޮށް، ބެނާ ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު i(IUL)88-ADHR/88/2023/19 (12 އޭޕްރިލް 2023) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތަކުގެ އަގުތަކަކީ މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑު އަގުތަކަކަށްވާތީ، އެބިޑުތައް ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމަށް އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހަރަކާތް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސެޝަން

29 މޭ 2023 (ހޯމަ)

11:00

އޮންލައިން

ބީލަން ހުށަހެޅުން/ހުޅުވުން

1 ޖޫން 2023 (ބުރާސްފަތި)

12:00

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

މަޢުލޫމާތު ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް 28 މޭ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ކުރިން މަޢުލޫމާތު ކަރުދާހުގައިވާ ފޯކަލް ޕޮއިންޓަށް މެއިލް ކުރެއްވުމުން ލިންކު ލިބިވަޑައިގަންނަވާނެއެވެ.

ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު، މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅަންޖެހޭ ފޯމް ސެޓް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ.

އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 30 މޭ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ކަރުދާހުގައިވާ ފޯކަލް ޕޮއިންޓަށް މެއިލް ކުރެވުން އެދެމެވެ. އަދި މެއިލްތައް [email protected] މެއިލްއަށް ސީސީ ކުރައްވަންވާނެއެވެ.

23 މޭ 2023
ހޯދާ