ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
ދަރުމަވަންތަ ބިލްޑިންގްގެ ކޮންފަރަންސް ރޫމަށް ބޭނުންވާ ޓައިލްސް ކާޕެޓް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
|
# |
Description |
Floor Area |
|
1 |
Tile Carpet Supply & Installation |
170 Square Meter |
- BOQ - attached
- Drawing - attached
1- އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް
1.1 އަަގު ހުށަހަޅަންވާނީ ބީއޯކިއުއާއި އެއްގޮތަށެވެ. އަދި އަގު ހުށަހަޅާއިރު ކޯޓޭޝަންގައި ރޭޓާއި، ޖީއެސްޓީ ވަކިން އެގެން އޮންނަންވާނެއެވެ.
1.2 އެކްސްޓޮކް ގައި މިވަގުތު ލިބެންހުރި ތަކެތިކަން ކޯޓޭޝަންގައި އެނގެން އޮންނަންވާނެއެވެ. އަދި ތަކެތީގެ ޑެލިވަރީ މުއްދަތާއި އަދި އިންސްޓޯލްކުރެވޭނެ މުއްދަތު ވަކިން ބަޔާންކުރަންވާނެއެވެ.
1.3 އަންދާސީ ހިސާބުގެ މުއްދަތު (ވެލިޑިޓީ ޕީރިއަޑް) މަދުވެގެން 90 ދުވަސް އޮންނަންވާނެއެވެ.
2- ހުށަހަޅަންޖެހޭ ތަކެތި
2.1 އަންދާސީ ހިސާބު / މަސައްކަތްކޮށްދޭނެ އަގު (ކޯޓޭޝަން) / ބީއޯކިޔު
2.2 އަގު ހުށަހަޅާފައިވާ ކާޕެޓްގެ ލިބެންހުރި ކުލަތަކުގެ ސާމްޕަލް
2.3 ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ ވަކި ފަރުދެއްނަމަ، މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
2.4 ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
3- އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު
3.1 އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް އަދި އެންމެ ކުރު މުއްދަތެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޮރާޓާ އުސޫލުން.
# |
ކެޓެގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
|
1 |
އަގު |
80 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް |
|
2 |
މުއްދަތު 2.1 އެކްސްޓޮކްގައި ލިބެންހުރި ތަކެތި ޑެލިވަރ ކުރެވޭނެ މުއްދަތު
2.2 އިންސްޓޯލްކުރެވޭނެ މުއްދަތު |
10
10 |
އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް
އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް |
4- ޕްރީބިޑް ބައްދަލުވުން
4.1 މިމަސައްކަތާއި ގުޅޭ ޕްރީބިޑް ބައްދަލުވުމެއް 24 މެއި 2023 ގެ 11:00 ގައި ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ރޫމުގައި އޮންނާނެއެވެ.
5- އަންދާސީ ހިސާބު ހުށަހަޅާނެގޮތް
5.1 ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައި.ޖީ.އެމް ހޮސްޕިޓަލް
5.2 އައި.ޖީ.އެމް. ހޮސްޕިޓަަލަށް ބޭނުންވާ ދަރުމަވަންތަ ބިލްޑިންގެ ކޮންފަރަންސް ރޫމަށް ބޭނުންވާ ޓައިލް ކާޕެޓް ސަޕްލައިކޮށް އިންސްޓޯލްކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާނުކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.
6- އަންދާސީ ހިސާބު ހުށަހެޅުން
6.1 އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 30 މެއި 2023 ވަނަ ދުވަހުގެ 13:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ.
6.2 އަންދާސީ ހިސާބު ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
7- ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް
7.1 ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން
7.2 މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
7.3 ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.
ނޯޓު:
- ހޮސްޕިޓަލުގެ ވެބްސައިޓް އިން މި އިޢުލާން އާއިބެހޭ މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
https://www.igmh.gov.mv/publications/tenders/
- · މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: , [email protected] ، [email protected]
02 ޛުލްގައިދާ 1444
22 މެއި 2023
