މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

މިމިނިސްޓްރީގެ ޕަބްލިކް ސަރވިސް އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ހއ.ދިއްދޫގައި ތަރައްޤީކުރާ ސްކިލްސް ޑިވެލޮޕްމެންޓް ސެންޓަރ ހުޅުވުމަށްޓަކައި ޕްރީ އޯޕަނިންގ ސްޓޭޖުގައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި ތަންފީޒުކުރުމާއި، ތަން ހިންގުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ     

 

ބޭނުންވާ އަދަދު:

1

 

މަޤާމުގެ މުއްދަތު:

12 މަސް ދުވަސް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިއްދޫ ސްކިލްސް ޑިވެލޮޕްމެންޓް ސެންޓަރ

 

މުސާރަ:

މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް   

  • މުސާރަ: މަހަކު 7،151.26 ރުފިޔާ
  • ސާރވިސް އެލަވަންސް: މަހަކު 3،064.83 ރުފިޔާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މަހަކު 2،502.94 ރުފިޔާ

 

 

އެހެނިހެން އެލަވަންސް:

  1. ސަރުކާރުން ކަނޑައަޅާ އުސޫލަކުން ރަމަޟާން މަހުގެ ޢިނާޔަތުގެ ފައިސާ.
  2. ދަތުރު ކުރަން ޖެހޭނަމަ، ސަރުކާރުން ހަމަޖައްސާފައި އުސޫލުން ދަތުރު ޚަރަދު.
  3. އިތުރު ގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

އެހެނިހެން ޢިނާޔަތްތައް:

  1. ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން މުސާރައިން ކަނޑާ ވަކި މިންވަރެއް ފެންޝަން ފަންޑަށް ޖަމާކުރެވެމުން ދާނެއެވެ.
  2. އަހަރެއްގެ މައްޗަށް މަސައްކަތު 30 (ތިރީސް) ދުވަހުގެ ޗުއްޓީ މުސާރަ ލިބޭ ގޮތަށް ލިބޭނެއެވެ.
  3. އަހަރެއްގެ މައްޗަށް 30 (ތިރީސް) ދުވަހުގެ ސަލާމުގެ ޗުއްޓީ މުސާރަ ލިބޭގޮތަށް ލިބޭނެއެވެ. (ސަލާމުގެ ޗުއްޓީ ނެގޭނީ ތިމާ ބަލިވެގެންނެވެ. މި ގޮތުން ޗުއްޓީގައި ހުންނަ ކޮންމެ ދުވަހަކު އެކަން ސުޕަރވިޒަރަށް އަންގަންވާނެއެވެ. ޖެހިޖެހިގެން 2 ދުވަހަށްވުރެން ގިނަ ދުވަހު ސަލާމުގެ ޗުއްޓީގައި ހުރެއްޖެ ނަމަ، ލައިސަންސް ލިބިފައިވާ ސިއްޙީ ޚިދުމަތްތެރިއަކު އެ މުއްދަތަށް ދޫކޮށްފައިވާ ސަލާމުގެ ސެޓްފިކެޓެއް، މުސާރަ ދޭ ދުވަސް އައުމުގެ ކުރިން ހުށަހަޅަން ވާނެއެވެ.
  4. އާއިލާއަށް އަދާކޮށްދޭން ޖެހޭ ޒިންމާއެއް އަދާކުރަންޖެހިއްޖެނަމަ އަހަރެއްގެ މައްޗަށް 10 (ދިހައެއް) ދުވަހުގެ އާއިލީ ޒިންމާގެ ޗުއްޓީ މުސާރަ ލިބޭގޮތަށް ލިބޭނެއެވެ.
  5. ނަންބަރު 2، 3، 4 ގައިވާ ޗުއްޓީތަކުގެ އިތުރު ދުވަހެއްގެ ޗުއްޓީ މުސާރަ ލިބޭގޮތަށް ނުލިބޭނެއެވެ. މުސާރަ ނުލިބޭ ގޮތަށް 30 (ތިރީސް) ދުވަހަށްވުރެން އިތުރަށް ޗުއްޓީގައި ހުރެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

މި ޢިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓީ.އޯ.އާރު ގައި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް ހިމަނާފައިވާނެއެވެ.

 

 

މަޤާމުގެ ޝަރުޠުތައް:

މި ޢިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓީ.އޯ.އާރުގައި މަޤާމުގެ ޝަރުތު ހިމަނާފައިވާނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭކަން ބަޔާންކުރާ ސިޓީއެއް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަކާއި ޕޮއިންޓް ލިބޭނެގޮތް:

މަސައްކަތުގެ ދާއިރާއާ ގުޅޭ ގޮތުން ލިބިފައިވާ ތަޖުރިބާ.

(އަހަރަކަށް 5 މާކްސް، 40 މާކްސްއަށްވުރެ އިތުރުނުވާނެހެން)

40 ޕޮއިންޓް

ވަޒީފާއާއި ގުޅުންހުރި ދާއިރާއިން ލިބިފައިވާ ލެވެލް 7/8 ގެ ސެޓްފިކެޓް.

20 ޕޮއިންޓް

މަތީގައިވާ ގޮތަށް ޕޮއިންޓް ދިނުމުން އެންމެ ގިނަ ޕޮއިންޓް ލިބޭ 3 ފަރާތެއް އިންޓަރވިއުކުރެވޭއެވެ.

ބ. އިންޓަވިއު/ ޓެސްޓް

40 ޕޮއިންޓް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް ޝައުޤުވެރިވާ ފަރާތް ތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި 28 މޭ 2023 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މި ސުންގަޑި ހަމަވުމުގެ ކުރިން މި މުއްދަތުގެ ތެރޭގައި ހިމެނޭ ދުވަހެއް ސަރުކާރުން ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުވާނެއެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ހުށަހެޅުންތަކަށް ޢަމަލެއް ނުކުރެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

 

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާން  އޮންނާނީ 29 މޭ 2023 އާއި 29 ޖޫން 2023 އާ ދެމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން (ޢުމަރު ޒާހިރު އޮފީސް ބިލްޑިންގ، އޯކިޑުމާ ހިނގުން، ހުޅުމާލެ 5ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން، އެތާރީޚުގައި އިންޓަވިއު އަދި އަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.

 

 

21 މޭ 2023
ހޯދާ