މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
މިނިސްޓްރީން ރާއްޖެއިން ބޭރަށް ކުރައްވާ އޮފިޝަލް ދަތުރު ތަކުގައި ގެންދިއުމަށާއި، މިނިސްޓްރީއަށް ޒިޔާރަތް ކުރައްވާ ޢިއްޒަތްތެރިންނަށް ހަދިޔާގެ ގޮތުގައި އެރުވުމަށް ސޮވެނިއަރ ސަޕްލައިކުރުން

މިނިސްޓްރީ އޮފް ޓޫރިޒަމްއިން ރާއްޖެއިން ބޭރަށް ކުރައްވާ އޮފިޝަލް ދަތުރު ތަކުގައި ގެންދިއުމަށާއި، މިނިސްޓްރީއިން ބާއްވާ ޙާއްޞަ ހަރަކާތްތަކުގެ ތެރެއިން ފަތުރުވެރިނަންނަށް ހަދިޔާ ކުރުމަށާއި، މިނިސްޓްރީއަށް ޒިޔާރަތް ކުރައްވާ ޢިއްޒަތްތެރިންނަށް ހަދިޔާގެ ގޮތުގައި އެރުވުމަށް ބޭނުންވާ ސޮވެނިއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިއަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހަރަކާތް

ތާރީޚް

ގަޑި

ތަން

ބީލަން ހުށަހެޅުން/ހުޅުވުން

29 މޭ 2023 (ހޯމަ)

10:00

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު، މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅަންޖެހޭ ފޯމް ސެޓް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ.

އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 24 މޭ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

18 މޭ 2023
ހޯދާ