ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ރެކޯޑު ސާފުކުރުމާގުޅޭ

ޝަރުޢީދާއިރާއިން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރަން ހުށަހަޅުއްވަމުން ގެންދަވާ، މި ޑިޕާޓްމަންޓުގެ
ނަންބަރު 2021/01 "ޝަރުޢީ ދާއިރާގެ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރުން" ސަރކިއުލަރގެ ޖަދުވަލު 1  "ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމު" އާއެކު، "ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމާ ގުޅިގެން އިދާރީގޮތުން ސާފުކުރަން ޖެހޭ ކަންކަން" ހިމެނޭ ޝީޓެއް ހުށަހަޅާ ގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، މީގެ ފަހުން މި ޑިޕާޓްމަންޓަށް ރެކޯޑު ސާފުކުރަން ހުށަހަޅުއްވާއިރު، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމާއެކު، އިސްވެ ދެންނެވުނު ޝީޓު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި ފޯމާއި ޝީޓު މި ޑިޕާޓްމަންޓުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3340811 ،3340812 ،3340813 3340814 އަދި 3340904 ފޯނަށް ގުޅުއްވުން އެދެމެވެ.

26 ޝައްވާލް  1444

16 މޭ 2023
ހޯދާ