މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރުމުގެ އުސޫލާގުޅޭ

އިޢުލާން

 

މި ކައުންސިލްގެ ނަންބަރ: (IUL)365-ESMS/2022/61 އިއުލާން ''ދިރިއުޅުމަށްޓަކައި މ.މުލިން ބަންޑާރަ ގޯތި ދޫކުރުން'' އާ ހަވާލާދީ ދަންނަވަމެވެ.

ރަޖިސްޓްރީ މަރުހަލާގައި ނެތް ނަމަވެސް ފްލެޓް ނުވަތަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓެއްގައި އެފަރާތެއް ހިމެނުމުން ނުވަތަ ލިބޭ ގުރު ނަންބަރަކަށް ރިޢާޔަތްކޮށްވެސް ނުވަތަ ވެފައިވާ އެއްބަސްވުމަކަށް ރިޢާޔަތްކޮށްވެސް އެފަރާތަކީ ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިފައިވާ ފަރާތެއް ކަމުގައި ބެލެވޭނެކަމާއި އެފަދަ ފަރާތަކީ ގޯއްޗަށް ޝަރުތު ހަމަނުވާ ފަރާތެއްކަމަށް ބެލެވިދާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިނގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ އަންގަވާފައެވެ.

އަދި ތަރިކައިން ނުވަތަ އެނޫންގޮތަކުން ލިބިގެން އެތަންކޮޅު ދޫކޮށްލަން އިޤުރާރުވެ ފޯމު ހުށަހަޅުއްވާފައިވާ ފަރާތަކަށް ގޯތި ލިބެއްޖިނަމަ އަލަށް ނަގާ ގޯތި އެފަރާތަށް ރަޖިސްޓްރީކޮށްދެވޭނީ ދޫކޮށްލަން އެއްބަސްވި ގޯތީގެ ރަޖިސްޓްރީން އެފަރާތުގެ ނަން އުނިވުމުންކަމަށްވެސް ވަނީ އަންގަވާފައެވެ. މިފަދައިން ލިބިފައިވާ ބަންޑާރަ ނުވަތަ އަމިއްލަ ގޯތި މި އުސޫލުގެ ބޭނުމަށް ދޫކޮށްލުމުން ދެން މިތަން ލިބޭނީ މިގޯތީގެ ބާކީ ތިބި އެއްމެދު މިލްކުވެރިންނަށެވެ. އެއްމެދު މިލްކުވެރިން ނެތް ހާލަތުގައި އެބައެއް ދޫކޮށްލަންވާނީ ދައުލަތަށެވެ. އަދި ދޫކޮށްލާ ގޯއްޗަކީ އަމިއްލަ ކޮށްފައިވާ ގޯއްޗެއްނަމަ މިތަނުގެ އަގު މިތަން ލިބޭ އެއްމެދު މިލްކުވެރިން ނުވަތަ ދައުލަތުން ގޯތި ދޫކޮށްލާ ފަރާތަށް އަނބުރާ ދައްކަން ޖެހޭނެއެވެ.

ވީމާ މި މައުލޫމާތު އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 މޭ 2023
ހޯދާ