ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު - ކައުންސިލްގެ ވެބްސައިޓް ފަރުމާކުރުން

            

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ހދ.ނައިވާދޫ ކައުންސިލްގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ބިޑު ރަޖިސްޓްރީކުރުން

 ޕްރީ ބިޑް މީޓިން

އަންދާސީހިސާބު ހުށަހެޅުއްވުން

16.05.2023 ން  24.05.2023ގެ 10:00 ށް

-

30.05.2023 ގެ 10:15 ގައި

އޮންލައިން ފޯމު މެދުވެރިކޮށް

-

ހދ.ނައިވާދޫ ކައުންސިލް އިދާރާގައި

 

  • ބިޑް ރަޖިސްޓްރީކުރާ ފޯމް: https://forms.gle/JxmsQZFs6DNwE1WQ6

 

  • ހދ.ނައިވާދޫ ކައުންސިލްގެ ވެބްސައިޓް ފަރުވާކުރުމަށް ބޭނުންވާ ސްޕެސިފިކޭޝަން ހިމެނޭ މަޢުލޫމާތު ޝީޓް، މި އިއުލާނާއެކު އެޓޭޗް ކުރެވިފައި އެވަނީއެވެ.

 މި ބީލަމާއި ގުޅިގެން ޕްރީ ބިޑް މީޓިންއެއް ނޯންނާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ނައިވާދޫ ކައުންސިލްގެ ވެބްސައިޓް ފަރުމާކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

   

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

      

16 މެއި 2023

16 މޭ 2023
ހޯދާ