ދިވެހިރާއްޖެ
| 
 އިޢުލާން  | 
|
| 
 ވަޒީފާގެ ފުރުޞަތު  | 
މި މިނިސްޓްރީން 18 ޑިސެންބަރު 2014 ގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރަކު ހޯދުމަށް ކުރި އިޢުލާން (IUL) 30-G/1/2014/134) އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، މި މަޤާމަށް މީހަކު ހޯދަން އަލުން އިޢުލާނުކުރަމެވެ.
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު:  | 
 ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ  | 
 މަޤާމް:  | 
| 
 ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)  | 
 ސެކްޝަން:  | 
||
| 
 މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ، ހ. ވައިޓް ވޭވްސް)  | 
 މަސައްކަތް ކުރަންޖެހޭ ތަން:  | 
||
| 
 1 އަހަރުދުވަސް  | 
 ވަޒީފާގެ މުއްދަތު:  | 
||
| 
 މަހަކު -/15،000 ރުފިޔާ (ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި)  | 
 މުސާރަ:  | 
||
| 
 1- ދަނޑުވެރިކަމުގެ ދާއިރާއިން ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ ސޯޝޮލަޖީގެ ދާއިރާއިން އެންމެ ދަށްވެގެން ޑިގްރީއެއް ހާސިލުކޮށްފައިވުން. 2- ފީލްޑްގައި ގިނަވަގުތު މަސައްކަތްކުރެވޭނެ ފަރާތަކަށްވުން. 3- މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 4- އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލްކަންހުރި ފަރާތެއްކަމުގައިވުން.  | 
 ޝަރުޠު:  | 
||
| 
 މި މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ހޯދުމަށް ގުޅާނީ: 3341836 ނަންބަރު ފޯނަށް. އީމެއިލްކުރާނީ: [email protected]  | 
 ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:  | 
||
| 
 1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. 3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހައި ސޮއިކޮށްފައިވާ) 4- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން. 5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.  | 
 ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:  | 
||
މަތީގައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖަނަވަރީ 27 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ސިޓީ ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސްކުރާނީ:
ޕްރޮގްރާމް މެނޭޖަރ
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް
ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން.
މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.
1 ރަބީޢުލްއާޚިރު 1436
