މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އިންޓަރންޝިޕްގެ ފުރުޞަތު

 

އިންޓަރން މުވައްޒަފުން ހޯދުން (3 މަސް ދުވަހަށް)

ނަންބަރު:IUL)88-ADHR/88/2023/31)

ތާރީޚް: 14 މެއި 2023

އޮފީސް ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ޝަރުތު:

ދަށްވެގެން ގްރޭޑް 10 ނިންމާފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

-  މި މިނިސްޓްރީގެ ސެކްޝަންތަކުގައި މަސައްކަތް ކުރުމަށް

މީހުން ހޮވުމުގައި ބަލާނެކަންތައްތައް:

-  މަސައްކަތާގުޅޭގޮތުން ލިބިފައިވާ ތަޖުރިބާ

-  މަސައްކަތާ ގުޅުންހުރި ސަނަދު

-  ދިވެހި އަދި އިގިރޭސިބަހުން މުޢާމަލާތްކުރުމުގެ ހުނަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
  2. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ

ސުންގަޑި:

23 މެއި 2023 (އަންގާރަ) ދުވަހުގެ 14:00 ގެ ނިޔަލަށް

އިތުރު މަޢުލޫމާތު

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުތު ހަމަވާ، އަދި ތަޢުލީމީ ފެންވަރަށްބަލައި ގިނަވެގެން 10 ފަރާތްތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އީ-މެއިލްގެ ޒަރީއާއިން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާ މުއްދަތުން ފެށިގެން 2 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު މި މިނިސްޓްރީގައި އޮންނާނެއެވެ.

އިންޓަރންޝިޕަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް https://www.tourism.gov.mv/en/downloads/application_forms

 އިން ލިބިވަޑައިގަންނަވާނެއެވެ.

އިންޓަރންޝިޕަށް އެދެންވީގޮތް:

ޝައުޤުވެރިވާ ފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  [email protected]  އަށެވެ. 

14 މޭ 2023
ހޯދާ