ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ލޯންޗު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް
                                މިޑިޕާޓްމަންޓުން 2015 ވަނަ އަހަރު އަތޮޅުތަކަށް ކުރަން ރާވާ ލޯންޗު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖަނަވަރީ 27 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ފެބުރުވަރީ 8 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 6 ވަނަ ފަންގިފިލާގައެވެ.
27 ރަބީޢުލްއައްވަލް 1436
             18 ޖަނަވަރީ 2015
            
        
                    ހޯދާ  
                
                