ދިވެހިރާއްޖެ
އިޢުލާން
| ވަޒީފާގެ ފުރުޞަތު | |
| މަޤާމް: | ކޮމްޕިޔުޓަރ ޓެކްނީޝަން | 
| ކްލެސިފިކޭޝަން: | ޓެކްނިކަލް އޮފިސަރ ގްރޭޑް 1 | 
| މަޤާމުގެ ރޭންކް: | އެމް އެސް 1 | 
| ބޭނުންވާ އަދަދު | 1 | 
| އޮފީސް: | ނ. އަތޮޅު ކައުންސިލްގެ އިދާރާ | 
| ސެކްޝަން / ޔުނިޓް: | އެޑްމިނިސްޓްރޭޝަން އެޗްއާރް އެންޑް އިންފޮމޭޝަން | 
| މުސާރަ: | މަހަކު -/5610 ރުފިޔާ | 
| ސަރވިސް އެލަވަންސް: | މަހަކު -/2000 ރުފިޔާ | 
| މަޤާމުގެ ޝަރުޠު: | 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. | 
| މަޤާމުގެ މަސްއޫލިއްޔަތު: | 1. އަތޮޅު ކައުންސިލްގެ އިދާރާގެ އިންޓަރނަލް ނެޓްވޯރކާއި، އީ ގަވަރމަންޓާއި، ސަރުކާރުގެ އެކިއެކި މުއައްސަސާތަކާ ގުޅިގެން އިދާރާއިން ދެމުންދާ ޚިދުމަތް ދިނުމަށް އަތޮޅުކައުންސިލްގެ އިދާރާގައި ބޭނުންކުރާ ނެޓްވޯކް ބެލެހެއްޓުމާއެކު، ނެޓްވޯކްގައި މައްސަލައެއް ދިމާވެއްޖެނަމަ، އެކަން ޙައްލުކޮށް ބެލެހެއްޓުން. 2. އައި ޑީ ކާޑު ސިސްޓަމަށް ދިމާވާ މައްސަލަތައް ރަނގަޅަށް ބެލެހެއްޓުން. 3. ކޮމްޕިޔުޓަރ ސިސްޓަމަށް ދިމާވާ މައްސަލަތައް ރަނގަޅަށް ބެލެހެއްޓުން. 4. ކޮމްޕިޔުޓަރ ފޯމެޓްކުރުމާއި، ސޮފްޓްވެއަރ ހޯދުމާއި، އައި.ޓީ ޔުނިޓަށް ހޯދަންޖެހޭ ތަކެތި ހޯދުން. 5. ފެކްސް، ފޯންލައިންތަކަށް ދިމާވާ މައްސަލަތައް ވެވުނުހާ އަވަހަކަށް ރަނގަޅުކުރުމާއި، ރަނގަޅުނުކުރެވޭ ކަމެއް ދިމާވެއްޖެނަމަ، ދިރާގު މެދުވެރިކޮށް އެކަމެއް ކުރުން. | 
| 
 އުޖޫރައާއި ޢިނާޔަތްތައް: | - އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ ގަވާއިދުން، އިތުރުގަޑީގެ ފައިސާ. - ސިވިލް ސަރވިސް ގެ މުވައްޒަފުންނަށް ދިނުމަށް ސިވިލް ސަރވިސްއިން ކަނޑައަޅުއްވާފައިވާ އެލަވަންސާއި ޢިނާޔަތްތައް. - ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެމަތީން ވަޒީފާއާއި، މުސާރައިގެ ކުރިއެރުން. | 
| 
 މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް: 
 | - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 1.  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ވަޒީފާއަށް އެދޭ ފޯމު ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). | 
| ވަޒީފާގެ އިންޓަވިއު އޮންނާނެ ތަން: | އިޢުލާނުގެ މުއްދަތު ހަމަވާތާ 2 ހަފުތާގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ނ. އަތޮޅު ކައުންސިލުގެ އިދާރާގައެވެ. | 
| ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި: 
 | މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ޖަނަވަރީ 29 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުން އެދެން. | 
| އިތުރު މަޢުލޫމާތު: | - މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6560028، 6560012 ނަންބަރު ފޯނާއެވެ. - މި މަޤާމަށް އިންޓަވިއުކުރެވޭނީ މަޤާމުގެ ޝަރުޠުހަމަވާ ފަރާތްތަކާއެވެ. | 
| 27 ރަބީޢުލްއައްޥަލް 1436 | |
 
                    