ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވިއަން ބްލަޑް ސަރވިސަސް ގެ ލެބޯޓްރީ ސާމްޕަލް ތައް އައި.ޖީ.އެމް. އެޗް / ދަރުމަވަންތަ ހޮސްޕިޓަލް އަށް ގެންދިއުމާއި އެމް.ބީ.އެސް އަށް ގެނައުމުގެ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 7 މޭ 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 16 މޭ 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 މޭ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 17 މޭ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
17 ޝައުބާން 1444
